
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން މި ހިނގާ މަހުގެ ތެރޭގައި އައު ވެރިއަކު ޢައްޔަނުކުރާނެ ކަމަށް ބެލެވިއްޖެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތަކުގައި ޙަމާސްގެ އިސްވެރިޔާގެ ގޮތުގައި ހުންނެވި އޭރު ޔަޙްޔާ ސިންވާރު ޝަހީދުކޮށްދީ 2024ވަނަ އަހަރުގެ ތެރޭގައެވެ. އެ މަޤާމު ފުރުއްވުމަށް އައު ބޭފުޅަކު މި މަހުގެ ތެރޭގައި ޢައްޔަނުކުރުމަށް ޙަމާސްއިން ތައްޔާރުވަމުންދާ ކަމަށް މަސްދަރުތަކުން ބުނެއެވެ. އެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރުމުގެ އިޖުރާޢުތައް މިހާރު ދަނީ ފުރިހަމަ ކުރަމުންނެވެ. އެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރާނީ ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ފަލަސްޠީނަށް ނިޞްބަތްވާ އެހެން ސަރަޙައްދުތަކުގެ 50 މަންދޫބުން ހިމެނޭ ޙަމާސްގެ ޝޫރާ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
ޙަމާސްގެ އިސްވެރިޔާގެ މަޤާމަށް ޢައްޔަނުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބޭފުޅުންނަކީ ޚަލީލް އަލްޙައްޔައާއި ޚާލިދު މަޝްޢަލްއެވެ. އެ ދެ ބޭފުޅުން ވެސް މި ވަގުތު ޤާއިމްވެ ތިއްބެވީ ޤަޠަރުގައެވެ. ދެ ބޭފުޅުންނަކީ ވެސް ސިންވާރު ޝަހީދުވެވަޑައިގެންނެވި ފަހުން ޙަމާސްގެ ހިންގަމުންދާ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ މަޖިލީހުގެ މެންބަރުންނެވެ. ޙަމާސްގެ އިސްވެރިޔާގެ މަޤާމުގެ އިތުރުން ޙަމަާސްގެ ވެރިޔާގެ ނައިބުގެ މަޤާމަށް ވެސް ބޭފުޅަކު ޢައްޔަނު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޤާމު ހުސްވެފައި ވަނީ 2024ވަނަ އަހަރު ޔަހޫދީން ލުބުނާނަށް ދިން ޙަމަލާއެއްގައި އެ މަޤާމުގައި ކުރިން ހުންނެވި ޞާލިޙުލްޢާރޫރީ ޝަހީދުވުމާ ގުޅިގެންނެވެ.
ޙަމާސްގެ އިސްވެރިޔާގެ މަޤާމު އަހަރަކަށްވުރެ ގިނަ ދުވަހު ހުސްކޮށް އޮތުމަށް ފަހުން އަލުން ބޭފުޅަކު ޢައްޔަނުކުރުމަށް އެ ޖަމާޢަތުން ތައްުޔާތުވަމުން ދަނީ ޙަމާސްއަށް ވަރަށް ޙައްސާސް ދަނޑިވަޅެއްގައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޙަމާސްއާއި ޔަހޫދީންނާ ދެމެދު ސޮއިކޮށް ޢަމަލުކުރަން ފަށާފައިވާ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ގުޅިގެން ޙަމާސުން ހަތިޔާރު ބެހެއްޓުމަށް އެ ޖަމާޢަތަށް ދަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ. އަދި ހަނގުރާމައިގައި ޙާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ޣައްޒާ އަލުން އާރާސްތު ކުރުމުގައި ވެސް ޙަމާސުން ދަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
