
(ފޮޓޯ ކްރެޑިޓްސް: ބަންގްލަދޭޝް ފުޓްބޯޅަ ފެޑަރޭޝަން)
ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ފިރިހެން ޑިވިޝަނުގައި އިންޑިއާއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރި ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 4-4 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ބަންގްލަދޭޝްގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު، ފާހަގަކޮށްލެވޭ ވަރުގެ ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ކޮންމެ ހާފެއްގައި ވެސް ދެ ޓީމުން ވެސް ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބަންގްލަދޭޝްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުއީން އަޙްމަދެއެވެ. ޒުވާން ޓީމަކާ އެކު ކުޅެމުންދިޔަ އިންޑިއާއަށް ފުރަތަމަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ އަންމޯލް އަދިކާރީ ޖެހި ލަނޑުންނެވެ.
މި ހާފުގައި ދެވަނަ ފަހަރަށް ވެސް ލީޑުނެގީ ބަންގްލަދޭޝްއިންނެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެނެޑާގައި ފުޓްސަލް ކުޅެމުން އަންނަ ރަހްބާރް ވަހީދު ޚާންއެވެ. އެކަމަކު ހާފު ނިމުމުގެ ކުރިން އިންޑިއާގެ ލާންސަންޕޫޔާ ހުރަސްކޮށްދޭން މަސައްކަތްކުރި ބޯޅަ، ބަންގްލަދޭޝްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެން ގޮސް ވަނީ ގޯލުގެ ތެރެއަށެވެ. މިއާއެކު 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފު ފަށައިގެން ފުރަތަމަ ލީޑުނެގީ އިންޑިއާއިންނެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮލުއަޕޫޔާއެވެ. ފުރަތަމަ ފަހަރަށް ލީޑުގައި އޮވެ އިންޑިއާއިން އުއްމީދުގައި ކުޅެމުން ދަނިކޮށް، މުއީން އަޙްމަދު ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ހާފުގައި ދެވަނަ ފަހަރަށްވެސް ލީޑުނެގީ އިންޑީއާއިންނެވެ. މި ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮލުއަޕޫޔާއެވެ. މި ނަތީޖާއާއެކު މެޗު ނިންމާލުމުގެ އުއްމީދުގައި ކުޅެމުންދިޔަ އިންޑިއާ މާޔޫސްކޮށްލީ، ފުޓްސަލްގެ ތަޖުރިބާ ހުރި، ބަންގްލަދޭޝްގެ ރަހްބާރެވެ.
މި ނަތީޖާއާއެކު ދެ ޓީމު އެއްވަރުވިއިރު މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނާއި ލަންކާގެ ކުރިމަތިލުން ވެސް ނިމުނީ އެއްވަރު ވެގެންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
