
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ސަހަރުގެ ހަ މީހުުން މަރުވެއްޖެއެވެ. ބޯ ވާރޭގެ ސަބަބުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ޖަހާފައިވާ ފޭލިގެތަކުގައި ފެެންބޮޑުވެ، ހަނގުރާމައިގައި ބަލިކަށިވެފައިވާ ބަައެއް އިމާރާތްތައް ދަނީ ވެއްޓެމުންނެވެ. އޭގެ ސަބަބުން ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ގެދޮރު ގެއްލި މަގުމަތިވެފައިވާ ޣައްޒާގެ ރައްޔިތުންގެ ޙާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ޣައްޒާގައި މަރުވި ހަ މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައި ވަނީ ބަލިކަށިވެފައިވާ އިމާރާތްތަކެއް ގަދަ ވައިގެ ސަބަބުން ވެއްޓުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ދެ އަންހެނުންނާއި ކުޑަކުއްޖެއް ވެސް ހިމެނެއެވެ. އޭގެ އިތުރުން ދިރިއުޅެމުންދިޔަ ތުނި ފޭލިގެއިން އެކަށީގެންވާ ވަރަށް ފިނިން ރައްކާތެރިކަން ނުލިބި އުމުރުން އެއް އަހަރުގެ ތުއްތު ކުއްޖެއް ވެސް ވަނީ ފިނިބޮޑުވެގެން މަރުވެފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ފޭލިގެތައް މުޑިން ނެއްޓި އެތައް މީޓަރު ދުރަށް ވިއްސައިގެން ދިޔުމުގެ ސަަބަބުން އެއްވެސް ހުރަހެއް ނެތި ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ފިނިމޫސުމުގެ ގަދަ ފިންޏާއި ވަޔަށް ހުށަހެޅިފައެވެ. ކުއްލި ޙާލަތުގައި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތަށް ތަފާތު ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. އެ ގޮތުން ތެޔޮ ލިބުމަށް ދަތިވުމާއި މީހުން ސަލާމަތް ކުރުމަށް ބޭނުންކުރާ އާލާތްތައް ހަލާކުވުން ހިމެނެއެވެ. އޭގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތަށް ރައްޔިތުންނަށް އެހީތެެރިވުމަށް ކަމާބެހޭ އިދާރާތައް ވަނީ ނުކުޅެދިފައެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނީ ފިނި މޫސުން ފެށުނު ފަހުން ފިނީގެ ސަބަބުން ނުވަތަ އިމާރާތެއްގެ ދަށުވެ ޣައްޒާގެ 31 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 7،000އެއްގާ ފޭލިގެ ސުންނާފަތިވެފައިވާ ކަމަށް އެ ޖަމާޢަތުން ބުނެއެވެ.
އދން ނެރުނު ރިޕޯޓެއްގައި ބުނީ ޣައްޒާ ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ހާސް ރައްޔިތުން ފެން ބޮޑުވުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. މި ވަގުތު އެންމެ މުހިންމީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ފޭލިގެ ފޯރުކޮށްދިނުން ކަމަށް ވެސް އދން ފާހަގަކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
