
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާންގެ ސަރުކާރާ ދެކޮޅަށް އާންމުން ނުކުމެ، ކުރަމުންދާ މުޒާހަރާތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި މިހާތަނަށް 2،000 އެއްހާ މީހުން މަރުވެފައިވާކަމަށް އީރާންގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. އެ އޮފިޝަލް ރޮއިޓަރސް ނޫހަށް ވިދާޅުވި ގޮތުގައި، މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ވެސް ހިމެނެއެވެ. އަދި އެ މަރުތަކުގެ ފަހަތުގައި ތިބީ، މުޒާހަރާކުރުމުގެ ނިވަލަށް ވަދެ، މުޒާހަރާގެ ބައިވެރިންނަށާއި ސަލާމަތީ ބާރުތަކަށް ޙަމަލާދެމުންދާ ނިރުބަވެރި ބަޔަކު ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ. އީރާނުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީ އެ ކަމާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން މުޒާހަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ މުޒާހަރާތައް މިހާރު އެކި ސަރަޙައްދުތަކަށް ފެތުރިފައިވާއިރު، އީރާންގެ ބޮޑު ސަރަޙައްދަކަށް އިންޓަރނެޓުގެ ޚިދުމަތް ވެސް ވަނީ ކަނޑާލައިފައެވެ.
މުޒާހަރާތައް ހުއްޓުވަން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާނަމަ، މުޒާހަރާގެ ބައިވެރިންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް އަރާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ. މިގޮތުން، ޓްރަމްޕް އިއްޔެ ވަނީ އީރާނާ އެކު ވިޔަފާރީގެ ގުޅުން ބާއްވާ ޤައުމުތަކުން އެމެރިކާއަށް ބޭރުކުރާ މުދަލުން 25 ޕަސެންޓުގެ ޑިޔުޓީއެއް ނަގާނެކަމުގެ އިންޒާރު ދެއްވައިފައެވެ. އެ ނިންމުމާ ގުޅިގެން ޗައިނާ އަދި ރަޝިޔާގެ ފާޑުކިޔުން އެމެރިކާއަށް ވަނީ އަމާޒުވެފައެވެ.
އެމެރިކާއިން އީރާންގެ ދާޚިލީ ކަންކަމަށް ބާރުފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އީރާނުން ތުހުމަތުކޮށްފައިވެއެވެ. އީރާނުން ޤަބޫލުކުރާ ގޮތުގައި އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތައް ބޭނުންކޮށްގެން ކަންތައްތަކެއް ޙާޞިލް ކުރުމަށް ބޭރުގެ ޤައުމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. މުޒާހަރާތަކުގައި މީހުން މަރުވަނީ ވެސް އެމެރިކާއިން މައްސަލައިގެ ތެރެއަށް ވަނުމުން ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
