
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ގްރީންލޭންޑުގެ މިނިވަންކަން ދިފާޢުކުރުމުގައި ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯގެ ހިމާޔަތް ލިބެންޖެހޭކަމަށް ގްރީލޭންޑުގެ ސަރުކާރުން ބުނެފިއެވެ. 2019 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކި ފަހަރު މަތިން ވަނީ ގްރީންލޭންޑް އިސްތިޢުމާރުކޮށް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެމެރިކާއަށް ގްރީންލޭންޑު މުހިންމު ވަނީ ދިފާޢީ ބޭނުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ގްރީންލޭންޑް އިސްތިޢުމާރުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، ގްރީންލޭންޑް ހިމާޔަތްކޮށްދިނުމަކީ، އެމެރިކާ ހިމެނޭ ގޮތަށް ނޭޓޯގެ މެމްބަރު ޤައުމުތަކުގެ މައްޗަށް ލާޒިމުވާ ކަމެއް ކަމަށެވެ. ޑެންމާކުގެ ރަށެއްގެ ގޮތުގައި އޮތް ގްރީންލޭންޑަކީ، ޑެންމާކްއާ އެއްގޮތަށް ނޭޓޯގެ މެމްބަރެއްކަމުގައިވެސް އެ ބަޔާނުގައި ބުންޏެވެ.
ގްރީންލޭންޑް އިސްތިޢުމާރު ކުރަން އެމެރިކާއިން މަސައްކަތް ފަށައިފިނަމަ، ނޭޓޯގެ އިއްތިޙާދު ރޫޅޭނެކަމުގެ އިންޒާރު ވިލާތުގެ އިއްތިޙާދު، އީޔޫގެ ދިފާޢީ ކޮމިޝަނަރު އެންޑްރިޔަސް ކުބުލިޔަސް ވަނީ ދެއްވާފައެވެ. ޗައިނާ އާއި ރަޝިޔާއިން ގްރީންލޭންޑް އަތްދަށުމުގެ ކުރިން، އެތަން އެމެރިކާގެ ބާރުގެ ދަށަށް ގެންނަންޖެހޭ ވާހަކަތައް ޓްރަމްޕް އަނެއްކާވެސް ދައްކަވަން ފަށްޓަވާފައިމިވަނީ، އެމެރިކާއިން ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯގެ ދެކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެ ޤައުމުގެ ހިންގުމާ އެމެރިކާއިން ޙަވާލުވާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ހަމަނުޖެހުމާއި ދެބަސްވުމަކަށް ނުގޮސް އެންމެ ފަސޭހައިން އެމެރިކާގެ ބާރުގެ ދަށަށް ގްރީންލޭންޑު ގެންދެވޭނީ ޑެންމާކުގެ އަތުން ގްރީންލޭންޑު ގަނެގެން ކަމަށް ޓަރަމްޕްގެ މުޝީރުން ވިދާޅުވެއެވެ. ނަމަވެސް ގްރީންލޭންޑުންވެސް ޑެންމާކުންވެސް އެ ކަމަށް ދެކޮޅު ހަަދައެވެ. ގްރީންލޭންޑަކީ ވިއްކާ ސަރަޙައްދެއް ނޫން ކަމަށް ގްރީންލޭންޑުންވެސް ޑެންމާކުންވެސް ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
