
ރެއާލް މެޑްރިޑްގެ ކޯޗުކަން ކުރުމަކީ އޭނާގެ ހުވަފެން ހަގީގަތަކަށްވުން ކަމަށާއި ނަމަވެސް ނަގަން ޖެހިފައި މިވަނީ ބޮޑު ޒިންމާއެއް ކަމަށް ރެއާލްގެ އައު ކޯޗު އަލްވާރޯ އާބެލޯއާ ބުނެފި އެވެ. ކުރީގެ ޑިފެންޑަރު ބުނީ އޭނާގެ އެންމެ ބޮޑު މަގްސަދަކީ ރެއާލް މެޑްރިޑުގެ ކުޅުންތެރިން އެ މީހުންގެ ސްޓައިލްގައި ކާމިޔާބު ހޯދާނެ ގޮތެއް ހޯދުން ކަމަށެވެ. “އަހަރެން މި ކުލަބުގައި އުޅޭތާ 20 އަހަރު ވެއްޖެ. ރެއާލް މެޑްރިޑުން ބޭނުންވާހާ ދުވަހަކު އަހަރެން ހުންނާނަން. ދެން މި މަގާމަކީ އަހަރެންގެ ހުވަފެން ހަގީގަތަކަށްވުމެއް. ހަމަ މިއާއެކު އަހަރެންނަށް އެނގޭ މިއީ ވަރަށް ބޮޑު ޒިންމާއެއްކަން،” އާބެލޯއާ ބުންޏެވެ.
ރެއާލްގެ ބީ ޓީމުގައި ހުރެފައި ސީނިއާ ޓީމުގެ ކޯޗުކަން ސީޒަނުގެ މެދުތެރެއިން އޭނާ އަށް ލިބުނީ ދެ ފަރާތް އެއްބަސްވެގެން ކޯޗުކަން ޒަބީ އަލޮންސޯ ދޫކޮށްލުމުންނެވެ. އޭނާ ކޯޗުކަމުން ދުރަށްދިޔައިރު ސީނިއާ ބައެއް ކުޅުންތެރިންނާ ވެސް ވަނީ މައްސަލަ ޖެހިފަ އެވެ. ހާއްސަކޮށް ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާއާ އެވެ. އާބެލޯއާ ބުނީ އޭނާ ބޭނުންވަނީ ވިނީޝިއުސް މިނިވަންކަމާއެކު އޭނާގެ ގޮތުގައި ކުރިއަށްދާ ތަން ދެކެން ކަމަށެވެ. އަލޮންސޯ އާއި ވިނީޝިއުސް މައްސަލަ ޖެހުނީ ދިފާއުގައި ބައިވެރިވާން ޖެހޭތީ އެވެ. ނަމަވެސް ކުރީގެ ޑިފެންޑަރުގެ ވާހަކަތަކުން އެނގެނީ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީ ދިން ފަދަ މިނިވަން ރޯލެއް ވިނީޝިއުސް އަށް އާބެލޯއާ ދޭން ގަސްތުކޮށްފައިވާ ކަމެވެ.
ރެއާލްގެ ކުޅުންތެރިންގެ ތެރެއިން ޖޫޑް ބެލިންހަމް ވަނީ އޭނާ އާއި އަލޮންސޯ މައްސަލަ ޖެހިފައިވާ ކަމަށް ދެކެވޭ ވާހާކަތައް ދޮގުކޮށްފަ އެވެ. އަދި ގޯލްކީޕަރު ތިބައޫ ކޯޓުއާ ވެސް ވަނީ އަލޮންސޯއާ އެކި ރަނގަޅު ގުޅުމެއް އޮތް ކަމަށް ބުނެފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
