
ރެއާލް މެޑްރިޑުގެ ކޯޗު ކަމުގެ މަގާމުން ޒަބީ އަލޮންސޯ ވަކިކުރުމާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް މަޝްހޫރު ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ. އޭނާ މިހެން ބުނީ ރެއާލް މެޑްރިޑްގެ ކޯޗުކަން ހުށަހަޅާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާމެދު ނޫސްވެރިން ސުވާލު ކުރުމުންނެވެ. “އަހަރެންގެ ފޯނު ރިންގުވޭ. އެއީ ތެދެއް. އެކަމަކު ރިންގުވަނީ ރެއާލް މެޑްރިޑުން ގުޅާތީއެއްނޫން. އަހަރެންނަށް ރެއާލް މެޑްރިޑުގެ ކޯލެއް ނާދޭ. އަލޮންސޯ ވަކި ކުރުމަކާ އަހަރެންނާ އެއްވެސް ގުޅުމެއް ނުވޭ،” ކްލޮޕް ބުންޏެވެ. ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑަށް ކޯޗުކޮށްދިނުމަށްފަހު ލިވަޕޫލަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ކްލޮޕް މިވަގުތު ހުރީ ކޯޗުކަން ކުރުމާ ދުރުގަ އެވެ. އޭނާ އަދާކުރަނީ ނިއުޔޯކް ރެޑްބުލްސްގެ ގްލޯބަލް ފުޓްބޯޅަ ހެޑްގެ މަގާމެވެ. ނަމަވެސް ރެއާލް މެޑްރިޑުގެ ހުށަހެޅުން ލިބިއްޖެނަމަ އެ ކުލަބާ ހަވާލުވާން ކްލޮޕް ސީރިއަސްކޮށް ވިސްނާނެ ކަމަށް ބައެއް މީޑިޔާތަކުން ބުނެ އެވެ. އެކަމަކު ކްލޮޕް ބުނީ އޭނާގެ ޝައުގުވެރިކަން މިވަގުތު ހުރީ ރެޑްބުލްގެ މަގާމަށް އެކަނި ކަމަށެވެ. އަދި އޭނާ ވަނީ އަލޮންސޯ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.
“ރެއާލް އަށް ވިސްނާލާއިރު ޔަގީނުން ވެސް އެއް ކަމެއް ޔަގީންވޭ. އެއީ އަލޮންސޯ ފަދަ ލެޖެންޑަކު އެތަނަށް ގޮސް ރަނގަޅަށް ވަޒީފާ އަދާ ނުކުރެވުނު. އޭގެ މާނަ އަކީ އެތަނުގައި ކޮންމެވެސް ކަމެއް ގޯސްކޮށް އެބަވެއޭ. އަހަރެންގެ ނަޒަރުގައި އަލޮންސޯ އަކީ ވަރަށް މޮޅު ކޯޗެއް. އަދި އަހަރެން އުއްމީދު ކުރަނީ ކައިރި މުސްތަގްބަލެއްގައި އޭނާ އަދި ބޮޑެތި ކާމިޔާބީތަކެއް ހޯދާނެ ކަމަށް. ދެން އަހަރުމެން ކޯޗުންނަށް މާގިނަ ވަގުތެއް ވެސް ނެތްކަން މިފަދަ ކަންކަމުން މި އެނގެނީ. ރެއާލް މެޑްރިޑުން ކޯޗުންގެ ފަރާތުން ޑިމާންޑް އެކުރާ ކަންކަން އަވަހަށް ނުކޮށްދެވޭނަމަ މިފަދަ ކަންކަން ދިމާވާނެ. ރެއާލްއިން ފެނުނު އަނެއް ކަމަކީ މޮޅު ކޯޗަކު ހުރެފައި ދާތަނުން އެހެން މީހަކު ގޮސް ތަފާތު ގަވާއިދުތަކެއް ތަންފީޒު ކުރަން އުޅެގެން އެކަން ކާމިޔާބު ނުވިތަން،” ކްލޮޕް ބުންޏެވެ. އޭނާގެ ކުރީގެ ކުލަބު ލިވަޕޫލަށް އަލޮންސޯ ކޯޗުކޮށްދީފާނެތޯ އެހުމުން ކްލޮޕް ބުނީ ރެއާލް މެޑްރިޑުގެ ކޯޗުކަމުން ދުރުވެ ޖެހިގެން އަންނަ ދުވަހު އަލޮންސޯ އެފަދަ ކަމެއް ކޮށްފާނެހެން ހީނުވާ ކަމަށެވެ.
“ކޯޗުންގެ މާކެޓަށް ވެސް ޖޫން މަހު ބޮޑެތި ބަދަލުތަކެއް އަތުވެދާނެ. އެހެންވީމާ ތިޔައީ މިވަގުތު ޖަވާބު ދޭން ދަތި ސުވާލެއް،” ކްލޮޕް ބުންޏެވެ. އަލޮންސޯ ރެއާލްގެ ކޯޗުކަމުން ވަކިކުރީ އެންމެ ހަ މަސް ދުވަހަށް ފަހު އެވެ. ނަތީޖާތައް ގޯސްވިއިރު އޭނާއާއި ސީނިއާ ބައެއް ކުޅުންތެރިންނާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
