
ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕުގައި ކުޅުނު ފުރަތަމަ މެޗުގައި، އިންޑިއާއިން ދިވެހިރާއްޖޭގެ މައްޗަށް ފަރަގުބޮޑު ނަތީޖާއަކުން ކުރިހޯދައިފިއެވެ. ތައިލެންޑުގެ ބެންކޮކުގައި ހުންނަ ނޮންތަބުރި ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އިންޑިއާއިން ރާއްޖޭގެ މައްޗަށް ކުރިހޯދީ 1-11 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރާއްޖެ ޓީމުން ފުރަތަމަ ކުޅެން އެރީ ކީޕަރު ސާއިޤާ ޙުސެއިން އާއި ކެޕްޓަމް ފާތިމަތު ޝާލިޔާގެ އިތުރުން މަރިޔަމް ރިފާ އަދި އައިމިނަތު ފަޒްލާ އަދި މަރިޔަމް ނޫރާއެވެ. އިންޑިއާއިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ފަސް ލަނޑު ޖަހާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މިތީލާ ރަމާނީއާއި ރިތިކާ ސިންގްގެ އިތުރުން، ޚުޝްބޫ ޝަރޯޖާއި ސޮނާލީ މޮންޑާލްއެވެ. ތިރިކާ ވަނީ މި ހާފުގައި ދެ ލަނޑު ޖަހާފައެވެ. ފަހު ތިން ލަނޑު އިންޑިއާއިން ޖަހާފައިވަނީ ގާތްގަނޑަކަށް މިނެޓެއްހާއިރުގެ ތެރޭގައެވެ.
ފަސް ލަނޑުގެ ލީޑެއްގައި އޮވެ އިންޑިއާއިން ދެވަނަ ހާފު ފެށިއިރު ރާއްޖެއިން ދެވަނަ ހާފަށް ނުކުތްއިރު، ދެވަނަ ހާފު ފަށައިގެން ވެސް މާ ގިނައިރުތަކެއް ނުވެ އިންޑިއާއިން ވަނީ ލަނޑު ޖަހާފައެވެ. މިހާފުގައި އިންޑިއާގެ ލަނޑުތައް ޖަހައިދިނީ ފުތަމަ ހާފުގައި ވެސް ލަނޑު ޖެހި ޚުޝްބޫއާއި ނިޝްކާ ޕްރަކާޝް ގެ އިތުރުން ފުރަތަމަ ހާފުގައި ވެސް ލަނޑު ޖެހިސޮނާލީ މޮންޑާލްއެވެ. މި މެޗުގައި ޖުމްލަ ހަތަރު ލަނޑު ޖެހި ޚުޝްބޫ އަކީ އިންޑިއާގެ ޒުވާން ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ މުހިންމު ކުޅުންތެރިއެކެވެ. މެޗުގައި ރަތް ކާޑެއް ވެސް ފެނިގެންދިޔައެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ލަނޑުޖަހަން ލިބުނު ހުސް ފުރުސަތެއްގައި ކުރި ފައުލަކާ ގުޅިގެން ރެފްރީ ރަތްކާޑު ދެއްކީ އިންޑިއާގެ ޑިޓީ ކަނުންގޯއަށެވެ.މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މަރިޔަމް ނޫރާއެވެ.
މި މެޗުން ރާއްޖެ އިންޑިއާ އަތުން ބަލިވެފައިވާއިރު، މިއީ ފުޓްސަލްގައި ބައިނަލްއަގްވާމީ މައިދާނުގައި ޤައުމީ އަންހެން ޓީމުން ކުޅުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއާ ޚިލާފަށް އިންޑިއާ އަކީ މިދިޔަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ކުޅުނު ޤައުމެކެވެ. އަދި މިފަހަރުގެ މުބާރާތަށް އެކުލަވާލި ސްކޮޑުގައި ވެސް، އެ ފަހަރު ކޮލިފައިންގައި ކުޅުނު ހަތް ކުޅުންތެރިއަކު ހިމެނޭކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، ވަސީލަތުގެ ގޮތުން ބަލާއިރު އިންޑިއާ އަކީ ފުޓްސަލްގެ އިންޑޯ ޕިޗަށް އަހުލުވެރި ޤައުމެކެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ވެސް އިންޑޯ ޕިޗެއްގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ މުބާރާތަށް ތައިލެންޑަށް ގޮހެވެ.
މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވިއިރު، ރާއްޖެއިން ދެވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ތިންވަނަ މެޗުގައި ރާއްޖެއިން ބޫޓާނާ ދެކޮޅަށް 21 ވަނަ ދުވަހު ނުކުންނައިރު 24 ވަނަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ނުކުންނާނެއެވެ. އަދި ފަހު މެޗުގައި ރާއްޖެއިން 25 ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
