
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެމްޑީޕީ ތަމްސީލް ކުރާ ކެނޑިޑޭޓޫން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ސްކޫލުތަކުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. އެ ޕާޓީގެ ޕްރައިމަރީ ބާއްވާނީ ހުކުރު ދުވަހުއެވެ. މާލެ ސަރަހައްދާއި އަދި އަތޮޅުތަކުގައިވެސް އެންމެ ސަރަހައްދެއް ފިޔަވައި އެޕާޓީން ވޯޓުފޮށިތައް މިފަހަރު ބަހައްޓާނީ ހުރިހާ ރަށެއްގައިވެސް ސްކޫލްތަކުގައެވެ. މާލެ ސަރަހައްދުގައި މަޖީދިއްޔާ ސްކޫލުގެ އިތުރުން އިތުރު މާލޭގެ ގަލޮޅު މަދުރަސާ، ހިރިޔާ ސްކޫލު އަދި އިސްކަންދަރު ސްކޫލުގައި ވޯޓު ފޮށި ބަހައްޓާއިރު، ހުޅުމާލޭގައި ޕްރައިމަރީ ބާއްވަނީ ޣާޒީ ސްކޫލާއި ކާމިލްދީދީ ސްކޫލުގައެވެ. އަދި ވިލިމާލޭގައި ވޯޓު ފޮށި ބަހައްޓާނީ މުޙްޠިއްދީން ސްކޫލުގައެވެ.
އެޕާޓީން ބުނީ، ހުކުރު ދުވަހު ބާއްވާ ޕްރައިމަރީގައި ކުރިން ކަލާފާނު ސްކޫލްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ވޯޓުފޮށި މަޖީދިއްޔާ ސްކޫލަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ހިތަދޫ މޫލެކެޑެ، ފޭދޫ މާދެލަ، ފުވައްމުލަކު ސިޓީގެ ދޫޑިގަން އަދި ތިނަދޫ ސިޓީގެ ފޮށިތައް ބެހެއްޓިފައި ހުންނާނީ މަޖީދިއްޔާ ސްކޫލްގައިކަން ކަމަށްވެސް އެޕާޓީން ބުނެއެވެ. އެމްޑީޕީން އާންމުކޮށްފައިވާ ލިސްޓުގައިވާގޮތުން ޕްރައިމަރީގައި 152 ކެންޑިޑޭޓުން ވާދަކުރާނެއެވެ. މީގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި ރަށު ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އަދި މެންބަރުން ހިމެނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ސްކޫލްތަކުގައި ބާއްވާއިރު، މީގެ ކުރިން ސްކޫލްތަކުގައި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ނުބޭއްވެއެވެ. ނަމަވެސް އަދުގެ ސަރުކާރުން ވަނީ މި ސިޔާސަތަށް ބަދަލު ގެނެސް، ސްކޫލްތަކަށް ދަތިނުވާނެހެން ޗުއްޓީ ދުވަސް ނުވަތަ ބަންދު ދުވަސްތަކާއި ދިމާކޮށް އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރުޞަތު ފަހިކޮށްދީފައެވެ. އަދި ހުރިހާ ޕާޓީއަކަށްވެސް މި ފުރުޞަތު އެއް ހަމައަކުން އޮންނާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މިއާއެކު މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބަށް ބާއްވާ ޕްރައިމަރީތައް ބާއްވަމުން އަންނަނީ ރަށްރަށުގައިވެސް މާލެ ސަރަހައްދުގައިވެސް ސްކޫލުތަކުގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
