
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނާއެކު ވިޔަފާރި ކުރާ ޤައުމުތަކުން އެމެރިކާއަށް މުދާ އެތެރެކުރާނަމަ 25 އިންސައްތައިގެ ޓެރިފެއް ނަންގަަވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އީރާނުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީ އެކަމާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ވަނީ މުޒާހަރާކުރަން ފަށައިފައެވެ. އެ މުޒާހަރާތައް މިހާރު އެކި ސަރަޙައްދުތަކަށް ފެތުރިފައިވާއިރު، ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ބޮޑެތި ގެއްލުންތައް ދީ، އެތައް ބަޔަކު ވަނީ މަރުވެފައެވެ. މިއީ 1979ވަނަ އަހަރުގެ ފަހުން އީރާނުގައި ކުރާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ. މުޒާހަރާތައް ހުއްޓުވަން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާނަމަ، މުޒާހަރާގެ ބައިވެރިންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް އަރާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ. އަދި އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް ހިމެނޭ ގޮތަށް އީރާނާ ދެކޮޅަށް އެޅިދާނެ ތަފާތު ފިޔަވަޅުތަކާމެދު ވިސްނަވަމުންދާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި އިންޒާރުތަކަށް އަމަލުކުރައްވައިފިނަމަ އެމެރިކާގެ އަސްކަރީ މަރުކަރުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. މަޝްވަރާކޮށްގެން މައްސަލަ ޙައްލު ކުރުމަށް އީރާނުން ބޭނުންވާ ކަމަށް ވެސް އެ ޤައުމުން ވަނީ ބުނެފައެެވެ.
ޓެރިފް ނެގުމަށް ނިންމެވި ނިންމެވުން އިޢުލާނުކުރައްވައި ޓްރަމްޕް ވިދާޅުވީ އެއީ މައްސަލައިގައި އޭނާގެ ފަހު ނިންމެވުން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނުވަތަ ޤާނޫނީ ހަމައެއް އެމެރިކާގެ ސަރުކާރުން މިހާތަނަށް ޙިއްޞާކޮށްފައެއް ނުވެއެވެ. އެ ނިންމުމަށް ވަގުތުން ޢަމަލުކުރަން ފަށާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އީރާނުގެ މުދާ އެންމެ ގިނައިން އެތެރެކުރާ ޤައުމުތަކުގެ ތެރޭގައި ޗައިނާއާއި އެކުވެރި ޢަރަބި އިމާރާތާއި އިންޑިޔާ ހިމެނެއެވެ. އެ ތިން ޤައުމުގެ އުފެއްދުންތަކުން އެމެރިކާއިން ޓެރިފް ނަގާނަމަ ބައިނަލްއަޤްވާމީ އިޤްތިޞާދަށް އެ ކަމުގެ ނޭދެވޭ އަސަރުކުރުން އެކަށީގެންވެއެވެ.
އީރާނަކީ ތެޔޮ ބޭރުކުރާ ޤައުމުތަކުގެ ޖަމްޢިއްޔާ، އޯޕެކްގެ މެންބަރު ޤައުމެކެވެ. ވޯލްޑް ބޭންކުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022ވަނަ އަހަރު އެ ޤައުމުން ދިޔައީ 147 ޤައުމަކާއެކު ތެލުގެ ވިޔަފާރި ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
