
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގައި ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް އެ ޤައުމުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެމެރިކާއިން އީރާނަށް ހަރުކަށި ރައްދެއް ދިނުމާމެދު ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އީރާނުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީ އެ ކަމާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން މުޒާހަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ މުޒާހަރާތައް މިހާރު އެކި ސަރަޙައްދުތަކަށް ފެތުރިފައިވާއިރު، ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގައި، ބޮޑެތި ގެއްލުންތައް ދީ، އެތައް ބަޔަކު ވަނީ މަރުވެފައެވެ. މިއީ 1979ވަނަ އަހަރުގެ ފަހުން އީރާނުގައި ކުރާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ. މުޒާހަރާތައް ހުއްޓުވަން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާނަމަ، މުޒާހަރާގެ ބައިވެރިންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް އަރާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ. ނަމަވެސް މި އިންޒާރުތަކަށް އަމަލުކުރައްވައިފިނަމަ އެމެރިކާގެ އަސްކަރީ މަރުކަރުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އީރާނުގެ އިސްވެރިންނާ ބައްދަލުކުރުން އެކަށީގެންވާ ކަމަށާއި އިދިކޮޅު ފަރާތްތަކާ މުއާމަލާތު ކުރަމުންދާ ކަމަށެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް އެޅުން އެކަށީގެންވާ ފިޔަވަޅުތަކުގެ ތެރޭގައި އަސްކަރީ ޙަމަލާ ދިނުމާއި ސައިބަރ ޙަރަކާތްތައް ހިންގުމާއި، ދަތިކުރުމުގެ ފިޔަަވަޅުތައް ފުޅާކުރުން ހިމެނެއެވެ. ނަމަވެސް ވަކި ގޮތެއް މިހާތަނަށް ނިންމާފައެއް ނުވެއެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން މަޝްވަރާ ކުރަން ބޭނުންވާ ކަމަށް އީރާނުން ބުނެފައިވާ ކަމަށާއި އެ ކަމާ ގުޅޭ ބައްދަލުވުމެއް ތާވަލުކުރަމުންދާ ކަމަށެވެ. ނަމަވެސް އީރާނުގެ ޙާލަތަށް ބަލައި، ރަސްމީ މަޝްވަރާތައް ނުފެށެނީސް ވެސް އެމެރިކާއިން ފިޔަވަޅެއް އަޅަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕްގެ ވާހަކަފުޅާ ގުޅިގެން އީރާނުން ބުނީ އެ ޤައުމުން ހަނގުރާމަކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް މަޝްވަރާކުރުމަށް ވެސް ޝައުޤުވެރިވާ ކަމަށެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީއާއި އެމެރިކާއިން ކަނޑައަޅާފައި ހުަންނަވާ ޚާއްޞަ މަންދޫބު، ސްޓީވް ވިޓޮކޮފްއާ ދެމެދު ވާހަކަ ދެކެވެމުންދާ ކަމަށެވެ. އަދި ސްވިޒަލެންޑު ފަދަ މެދުވެރިން މެދުވެރިކޮށް ވާހަކަ ދެކެވޭ ކަމަށް ވެސް އެ ޤައުމުން ބުނެފައިވެއެވެ.
އެމެރިކާއިން އީރާނުެ ދާޚިލީ ކަންކަމަށް ބާރުފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އީރާނުން ތުހުމަތުކޮށްފައިވެއެވެ. އީރާނުން ޤަބޫލުކުރާ ގޮތުގައި އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތައް ބޭނުންކޮށްގެން ކަންތައްތަކެއް ޙާޞިލް ކުރުމަށް ބޭރުގެ ޤައުމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. މުޒާހަރާތަކުގައި މީހުން މަރުވަނީ ވެސް އެމެރިކާއިން މައްސަލައިގެ ތެރެއަށް ވަނުމުން ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. އީރާނުގައި ކުރަމުންދާ ދުވަހެއް ދުވަހަކަށް އެ މުޒާހަރާތައް ވަރުގަދަވަމުންދާ ކަމަށް ވަނީ ފާހަގަވެފައެވެ. އީރާނުގެ ރައްޔިތުންނަށް ލިބިފައިވާ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްޤަށް ސަރުކާރުން ފުރަތަމަ އިހްތިރާމު ކުރަމުންދިޔަ ނަމަވެސް ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ މީހުންގެ ހައްޤު ކަށަވަރުކޮށްދިނުމުގެ އިތުރުން ޤައުމުގެ މަސްލަހަތު ރައްކާތެރި ކުރުމަށް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޙާމަނާއީ ވަނީ މުޒާހަރާގެ ބައިވެރިންނަކީ މުދަލަށް ގެއްލުންދޭ ބައެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
