
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން، އެ މީހުންނަށް ކުރިމަތިވެފައިވާ ނިކަމެތި ކަމާއި ހިތްދަތިކަން އިންސާފާ ބެހޭ ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ)އަށް ގެމްބިޔާއިން ޙިއްޞާކޮށްފިއެވެ. ރޮހިންޔާ މައްސަލައިގެ އަޑުއެހުންތައް ޖަނަވަރީ 12ން ފެށިގެން 29އާ ހަމައަށް ކުރިއަށް ގެންދިޔުމަށް ތާވާލު ކޮށްފައިވާ ކަމުގައެވެ. މިއީ، ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި ޤަތުލުޢާންމެއްގެ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރީ ސަރުކާރުން ހިންގަމުންދާ ޤަތުލުޢާންމުގެ މައްސަލަ އައިސީޖޭއަށް ހުށަހެޅީ ގެމްބިޔާއިންނެވެ. އެފްރިކާ ބައްރުގެ ހުޅަނގުގައި އޮތް މުސްލިމުންގެ އާބާދީ ބޮޑު ގެމްބިޔާއިން އައިސީޖޭއަށް މައްސަލަ ހުށަހަޅާފައި ވަނީ އިސްލާމީ ޤައުމުތަކުގެ އިއްތިޙާދު (އޯއައިސީ)ގެ ފުރިހަމަ ތާޢީދާ އެކުގައެވެ.
އައިސީޖޭގައި މިއަދު އޮތް އަޑުއެހުމުގައި، ގެމްބިޔާގެ ޖަސްޓިސް މިނިސްޓަރު ދައުދާ ޖަލޯ ވިދާޅުވީ، ރޮހިންޔާ މުސްލިމުންގެ ނަޞްލު ނައްތާލުމަށް ޢަމާޒުކޮށް މިޔަންމާގެ އަސްކަރިއްޔާއިން ލާއިންސާނީ އެތައް ޖަރީމާއެއް ހިންގާ، ރޮހިންޔާ މުސްލިމުންގެ ދިރިއުޅުމާއި މުސްތަޤުބަލް ބަރުބާދުކޮށްލާފައިވާ ކަމަށެވެ. އައިސީޖޭން ބުނީ، ގެމްބިޔާއިން ހުށަހަޅާފައިވާ މައްސަލައަށް ވަކާލާތު ކުރުމުގެ ފުރުޞަތު ޖަނަވަރީ 12ން 15ށް އެ ޤައުމަށް ލިބިގެންދާނެ ކަމުގައެވެ. އަދި، ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމެއް ހިންގަމުންދާ ކަމުގެ ތުހުމަތުތައް ދޮގު ކުރަމުންދާ މިޔަންމާއަށް، ޖަނަވަރީ 16ން 20ށް، އެ ޤައުމުގެ ދިފާޢު ހުށަހެޅުމުގެ ފުރުޞަތު ލިބިދެވޭނެ ކަމުގައެވެ. މީގެ އިތުރުން، ހެކިންގެ ހެކި ބަސް ނެގުމަށް ތިން ދުވަހުގެ މުއްދަތެއް ކަނޑައެޅުމަށް ވެސް އައިސީޖޭން ވަނީ ނިންމާފައެވެ.
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ޤަތުލުޢާންމެއްގެ ކުށްތައް ހިންގާފައިވާ ކަމުގައި އދގެ މިޝަނަކުން ވެސް މީގެ ކުރިން އޮތީ ކަނޑައަޅާފައެވެ. އެއީ، 2017ވަނަ އަހަރު ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކުގެ ތެރެއިންނެވެ. އެ ޖަރީމާތަކުން ސަލާމަތްވުމަށް ރޮހިންޔާއިންގެ 730,000ށްވުރެ ގިނަ މީހުން އަވައްޓެރި ބަންގްލަދޭޝަށް ހިޖުރަކުރިއެވެ. އަދި، މިހާރު ވެސް ހިންގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް އިތުރު މީހުން ބަންގްލަދޭޝަށް ހިޖުރަ ކުރަމުންދާއިރު، އެ ޤައުމުގައި ތިބި ރޮހިންޔާ ރެފިއުޖީންގެ އަދަދު ވަނީ މިލިޔަނަކަށް ވުރެ މައްޗަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
