
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކަނޑުގެ އަޑިން، ޗަކަބިމުގައި އުފެދިފައި ހުންނަ އަގުބޮޑު މައުދަނުތައް ހޯދުމަށްޓަކައި، ޖަޕާންގެ މައިނިންގ އުޅަނދެއް ދަތުރު ފަށައިފިއެވެ. މިއީ ދުނިޔޭގައި، ކަނޑުގެ އަޑިން ގާތްގަނޑަކަށް ހަ ކިލޯމީޓަރުގެ ފުނުގައި ހުންނަ ޗަކަ، ކަނޑުގެ އުޅަނދަކަށް ނަގަން މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ޖަޕާންގެ ވެރިރަށް ޓޯކިޔޯގެ އިރުދެކުނުން ގާތްގަނޑަކަށް 1،200 މޭލު ދުރުގައި މިނަމިޓޯރީ ނަމަކަށް ކިޔާ ޖަޒީރާ ރަށް ކައިރީގައި، ކަނޑުގެ އަޑިން މައުދަނުތައް ހޯދުމުގައި ގާތްގަނޑަކަށް މަހެއްހާ ދުވަހު އެ އުޅަނދު ޙަރަކާތްތެރިވާނެއެވެ. އިލެކްޓްރޯނިކް ސާމާނާއި އަސްކަރީ ގިނަ އާލަތްތައް އުފެއްދުމުގައި ބޭނުންކުރާ މައުދަނުތައް ހުޅަނގުގެ ބައެއް ޤައުމުތަކާއެކު، ޖަޕާނުން ވެސް ފަށާފައިމިވަނީ، ޗައިނާއާއެކު އޮންނަ ގުޅުމުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ޖަޕާންގެ ސަރުކާރުން ހިންގާ މި މަޝްރޫޢުގައި އިސްކޮށް ހުންނެވި ޝިއޯޗީ އިޝީ ރޮއިޓަރސް ނޫހަށް ވިދާޅުވި ގޮތުގައި، މިއީ ހަތް އަހަރު ދުވަހުގެ ތައްޔާރީތަކަށްފަހު ފެށުނު މަސައްކަތެއް ކަމަށެވެ. އަދި މި މަޝްރޫޢު ކާމިޔާބުވެއްޖެނަމަ މިއީ، ޖަޕާނަށް މިފަދަ މައުދަނުތައް ހޯދުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ގާތްގަނޑަކަށް 130 އެއްހާ ފަޅުވެރިންނާއި ތަޙުލީލުކުރާ މީހުން ގޮވައިގެން މި ކުރާ ދަތުރަށްފަހު، އެނބުރި އައުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 14ވަނަ ދުވަހުއެވެ.
ޖަޕާނާއި ޗައިނާ އާދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، މަދަނީ އަދި އަސްކަރީ ބޭނުންތަކުގައި ބޭނުންކުރާ މައުދަނުތައް ޖަޕާނަށް އެކްސްޕޯޓުކުރުން ޗައިނާއިން މިވަގުތު ވަނީ ވަރަށް ބޮޑަށް ތާށިކޮށްފައެވެ. އަދި އިތުރު މައުދަނުތަކުގެ އެކްސްޕޯޓު ވެސް ހިފެހެއްޓުމަށް ޗައިނާއިން ވިސްނަމުންދާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. 2010ވަނަ އަހަރު ވެސް ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވުމާ އެކު، ޗައިނާއިން ވަނީ ޖަޕާނަށް މައުދަނުތައް އެކްސްޕޯޓުކުރުން ތާށިކޮށްފައެވެ. އޭގެފަހުން، ޖަޕާނުގެ ކާރު އުފައްދާ ސިނާއަތުގައި ކޮންމެހެން ބޭނުންވާ މައުދަނުތައް އޮސްޓްރޭލިޔާ ފަދަ އެހެން ޤައުމުތަކުން ހޯދުމުގެ މަސައްކަތް ފަށައި، ޗައިނާއަށް ބަރޯސާވުން މިހާރު ވަނީ 90 އިންސައްތައިން 60 އިންސައްތައަށް މަދުކޮށްފައެވެ.
ގާތްގަނޑަކަށް 250 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓުކޮށްގެން ޖަޕާނުން ފެށި މި މަޝްރޫޢަކީ، އަގުބޮޑު މައުދަނުތައް އަމިއްލަ ސަރަޙައްދުތަކުން ހޯދުމަށް ފެށި ފުރަތަމަ މަސައްކަތެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
