
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން މުޒާހަރާތަކުގައި މިހާތަނަށް 500އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހާމަކޮށްފިއެވެ. އީރާނާއި އީރާނުން ބޭރުގައި މަސައްކަތްކުރާ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ނެރެފައިވާ އެންމެ ފަހުގެ ހިސާބުތަކުގައި ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 490 މީހުން އަދި ސަލާމަތީ ބާރުތަކުގެ 48 މީހުން މަރުވިކަން ޔަގީންކޮށްދީފައެވެ. އަދި ހަމަނުޖެހުންތަކުގައި 10،600 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށްވެސް މި ހިސާބުތަކުން ދައްކައެވެ. ނަމަވެސް އީރާނުން އަދި މި އަދަދުތައް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އީރާނުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމާއެކު، އެކަމާ ދެކޮޅަށް މުޒާހަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ މުޒާހަރާތައް މިހާރު އެކި ސަރަޙައްދުތަކަށް ފެތުރިފައިވާއިރު، ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގައި، ބޮޑެތި ގެއްލުންތައް ދީ، އެތައް ބަޔަކު ވަނީ މަރުވެފައެވެ. މުޒާހަރާތައް ހުއްޓުވަން އެކަށީގެންނުވާ ބާރުގެ ބޭނުންކުރާނަމަ، މުޒާހަރާގެ ބައިވެރިންގެ ދިފާޢުގައި އެމެރިކާއިން އީރާނަށް އަރާނެކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް މި އިންޒާރުތަކަށް އަމަލުކުރައްވައިފިނަމަ ތެހެރާނުން އެމެރިކާގެ އަސްކަރީ މަރުކަރުތަކަށް ހަމަލާދޭނެ ކަމަށް ތެހެރާނުން ވަނީ ބުނެފައެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އީރާނުގައި ކުރަމުންދާ މުޒާހަރާތަަކަކީ 2022ވަނަ އަހަރުގެ ފަހުން އީރާނުގައި ކުރަމުންދާ އެންމެ ބިޔަ މުޒާހަރާތަކެވެ. ދުވަހެއް ދުވަހަކަށް އެ މުޒާހަރާތައް ވަރުގަދަވަމުންދާ ކަމަށް ވަނީ ފާހަގަވެފައެވެ. އީރާނުގެ ރައްޔިތުންނަށް ލިބިފައިވާ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްޤަށް ސަރުކާރުން ފުރަތަމަ އިހްތިރާމު ކުރަމުންދިޔަ ނަމަވެސް ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ އެ މީހުންގެ ހައްޤު ކަށަވަރުކޮށްދެމުން ޤައުމުގެ މަސްލަހަތު ރައްކާތެރި ކުރުމަށް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޙާމަނާއީ ވަނީ މުޒާހަރާގެ ބައިވެރިންނަކީ މުދަލަށް ގެއްލުންދޭ ބައެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
