
(ފޮޓޯ ކްރެޑިޓްސް: ކޮންރެޑް މޯލްޑިވްސް)
ގޯލްޑެން ގްލޯބްސް އެވޯޑް ލިބުނު ފަންނާނުންނާއި އެވޯޑް ޕްރެޒެންޓަރުންނަށް ދޭ މި އަހަރުގެ “ގިފްޓް ބޭގް”ގައި ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހިމަނައިފި އެވެ. ރިޕޯޓްތައް ބުނި ގޮތުގައި، މި އަހަރުގެ ގޯލްޑަން ގްލޯބްސް ގިފްޓް ބޭގަކީ ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރުގެ އަގުހުރި ތަކެތި ހިމެނޭ، ވަރަށް އަގުބޮޑު ހަދިޔާ “ފޮއްޓެކެވެ”. “ރޮބް ރިޕޯޓް” އިން ތައްޔާރުކޮށްފައިވާ އެ ބޭގް ލިބެނީ އެވޯޑް ކާމިޔާބުކުރި ފަންނާނުންނަށާއި ހަފުލާގެ ޕްރެޒެންޓަރުންނަށެވެ.
އަމިއްލަ ޔޮޓްތަކުގައި ދަތުރުކުރުމުގެ ފުރުސަތާއި މަޝްހޫރު ޑިޒައިނަރުންގެ އުފެއްދުންތައް ހިމެނޭހެން 35 އަށް ވުރެ ގިނަ ތަފާތު ހަދިޔާތައް އެ ގިފްޓު ބޭގުގައި ހިމެނެ އެވެ. އެ ހަދިޔާތަކުގެ ތެރޭގައި ރާއްޖޭގެ ތިން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހިމަނާފައިވެ އެވެ. އެއީ؛
- އދ. އަތޮޅުގައި އޮންނަ ކޮންރެޑް މޯލްޑިވްސް ރަންގަލީ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު. އެ ރިސޯޓުގައި ހުންނަ ދުނިޔޭގެ ފުރަތަމަ އަންޑަވޯޓާ ރެސިޑެންސް “ދަ މުރަކަ”އިގައި ދެ ދުވަސް ހޭދަކުރުމުގެ ފުރަސަތު ދޭ. އެ ފުރުސަތު ފަސް ފަންނާނަކަށް ދޭނެ.
- މާލެ އަތޮޅުގައި އޮންނަ ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާގެ ހަ ކޮޓަރީގެ ވިލާގައި ތިން ދުވަހުގެ ހުރުން. އެ ފުރުސަތު ފަސް ފަންނާނަކަށް ދޭނެ.
- މާލެ އަތޮޅުގައި އޮންނަ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ގްރޭންޑް އޯވާވޯޓާ ވިލާގައި ތިން ދުވަހުގެ ހުރުން. އެ ފުރުސަތު ހަ ފަންނާނަކަށް ދޭނެ.
ދުނިޔޭގެ ފިލްމާއި ސީރީޒްތަކަށް ދޭ ޝަރަފުވެރި އެވޯޑެއް ކަމަށްވާ ގޯލްޑެން ގްލޯބްސްގެ މި އަހަރުގެ އެވޯޑް ބޭއްވީ މިއަދެވެ. މި އަހަރު އެންމެ ގިނަ އެވޯޑްތައް ކާމިޔާބުކުރީ އެކްޝަން ތުރިލާ ފިލްމު “ވަން ބެޓުލް އާފްޓާ އެނަދާ” އާއި “ސައިކޮލޮޖިކަލް ތުރިލާ “ހެމްނެޓް” ފިލްމު ހެމްނެޓެވެ. އެ ދެ ފިލްމަށް ވެސް ހަތަރު އެވޯޑެއް ލިބިފައިވެ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
