
ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހިދު ކަޕޫރާއި ތުރިޕްތީ ދިމްރީ އެކުގައި ކުޅުނު ފުރަތަމަ ފިލްމު “އޯ ރޯމިއޯ”ގެ ފުރަތަމަ ޓީޒާ އާންމުކޮށްފި އެވެ. “އޯ ރޯމިއޯ” ގެނެސްދޭ ނަޑިއާޑްވާލާ ގްރޭންޑްސަން އިން އާންމުކުރި މިނެޓަކާއި 35 ސިކުންތުގެ ޓްރެއިލާގައި ވަނީ ސްޓާ ކާސްޓެއް ހިމެނޭ މި ފިލްމުގައި މުހިންމު ރޯލުތައް ކުޅޭ ތަރިންގެ ބައެއް މަންޒަރުތައް ހިމަނައި، ތައާރަފެއް ދީފަ އެވެ.
ޝާހިދާއި ތުރިޕްތީއާ އެކު، އެ ފިލްމުގެ މުހިންމު ރޯލުތައް ކުޅެފައި ވަނީ ނާނާ ޕަޓޭކަރު، ފަރީދާ ޖަލާލް، އަރޫނާ އިރާނީ، އަވީނާޝް ތިވާރީ، ދިޝާ ޕަޓަނީ، ވިކްރާންތު މަސީ އަދި ތަމަންނާ ބާޓިއާ އެވެ. ޑާކް ތީމަކަށް ގެނެސްދޭ “އޯ ރޯމިއޯ”އަކީ “އޯމްކަރާ” އާއި “ހައިދަރު” އަދި “ކަމީނޭ” ކަހަލަ މޮޅު ފިލްމުތައް ގެނެސްދީފައިވާ ވިޝާލް ބަރުދަވާޖް ޑައިރެކްޓުކުރާ ފިލްމެކެވެ. “ހައިދަރު” އަދި “ކަމީނޭ”ގައި ވެސް ލީޑް ރޯލު ކުޅުނީ ޝާހިދެވެ. އަނިޔާވެރި ގިނަ މަންޒަރުތަކެއް ހިމެނޭނެ “އޯ ރޯމިއޯ”ގައި ދައްކާނީ އިންޑިއާ މިނިވަންވުމަށް ފަހު، މުމްބާއީއަށް އައި ބަދަލުތަކުގެ ތެރެއިން، އެ ސިޓީގެ އަންޑަވޯލްޑުގައި ހިނގާ ހަލަބޮލި ކަންކަމާއި އެ ކުށްވެރިންގެ ދުނިޔޭގައި ހިނގާ ތަފާތު ކަންތައްތަކެވެ.
“އޯ ރޯމިއޯ” ރިލީޒްކުރަނީ އަންނަ މަހު 13 ގަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
