
މި އަހަރު މެދުތެރޭގައި ރާއްޖޭގައި ބާއްވަން ނިންމާފައިވާ ޑައިމަންޑް ޖުބުލީ އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ކުޅުމާމެދު ވަކި ގޮތެއް ނުނިންމާ ކަމަށް ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފި އެވެ. ބަނގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމަށް ރާއްޖޭގެ އެފްއޭއެމުން ދައުވަތު ދިނީ ދިވެހި ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ މުބާރާތުގައި ސްރީލަންކާ އާއި ނޭޕާލާއެކު ބައިވެރިވުމަށެވެ. މީގެ ތެރެއިން ލަންކާއިން ވަނީ މުބާރާތް ކުޅޭނެކަން ޔަގީންކޮށްދީފަ އެވެ.
ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިސް އޮފިޝަލަކު އެ ގައުމުގެ މީޑިއާތަކަށް ބުނެފައިވަނީ ރާއްޖޭގެ މުބާރާތުގައި ކުޅުމާމެދު ގޮތެއް ނިންމާނީ އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަދި ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން ތާބިލް އައްވަލް ކަމަށެވެ. އޮފިޝަލް ބުނީ ދެކުނު އޭޝިޔާގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރު މަހު އޮންނަކަމުގައިވާނަމަ އެ މުބާރާތަށް ތައްޔާރުވާން ރާއްޖެ އަށް ބަނގްލަދޭޝް ޓީމު ފޮނުވުން ވަރަށް ގާތް ކަމަށެވެ. ބަނގްލަދޭޝް އަކީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވައިދޭން މިހާރު ސާފުން އެދިފައިވާ ގައުމެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
