
ކުރީގެ ކޯޗު އޮލޭގަޔާ ސޯލްޝަޔާ ފަހަތަށްލައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަން މައިކަލް ކެރިކް ޔަގީންކޮށްފި އެވެ. ނަމަވެސް މި ސީޒަން ނިމެންދެން ޔުނައިޓެޑްގެ ކޯޗުކަން އޭނާ އަށް ދިންކަން ޔުނައިޓެޑުން އިއުލާނު ކުރާނީ ކެރިކްގެ ކޯޗިން ޓީމު މުޅިން ފައިނަލް ވުމުންނެވެ. ކެރިކް އަކީ ކުރިން ޔުނައިޓެޑްގައި އެސިސްޓެންޓް ކޯޗުކަން ކުރި ކޯޗެކެވެ. އަދި އޭނާ ވަނީ ޝޯލްޝަޔާ މަގާމުން ވަކިކުރުމުން ރަލްފް ރަގްނިކް މަގާމާ ހަވާލުވަންދެން ވަގުތީ ވެސް ގޮތުން ވެސް ޓީމާ ހަވާލުވެފަ އެވެ. އޭގެ ފަހުން ކެރުކް ފެނުނީ މިޑްލްސްބަރާއިންނެވެ. އެ ޓީމުގައި ފުރަތަމަ ސީޒަނުގައި ރެލިގޭޝަން ޒޯނުން ޓީމު ވަނީ ޕްލޭއޯފަށް ކޮލިފައިކޮށްދީފަ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމުން ރުބެން އަމޮރިމް ވަކިކުރުމުން ކޯޗުކަމާ ހަވާލުވާ ކެރިކަށް މިހާރު ދީފައިވާ ޓާސްކްތަކަކީ ކުރިއަށް އޮތް ސީޒަނުގެ ޔޫރަޕުގެ މުބާރާތަކަށް ޔުނައިޓެޑް ކޮލިފައިކޮށްދިނުމެވެ. މިވަގުތު ޔުނައިޓެޑް އޮތީ 32 ޕޮއިންޓާއެކު ހަތްވަނާގަ އެވެ. ކެރިކް އަކީ ޔުނައިޓެޑްގައި އިނގިޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރި ކުޅުންތެރިއެކެެވެ. 2018 ވަނަ އަހަރު ކުޅުން ހުއްޓާލުމުގެ ކުރިން އޭނާ ވަނީ ޔުނައިޓެޑަށް 2006 އިން ފެށިގެން ކުޅެދީފަ އެވެ. މި މުއްދަތުގައި އެލެކްސް ފާގަސަންގެ ކޯޗުކަމުގައި ޕްރެމިއާ ލީގު ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
