
ސައުތު އޭޝިއަން ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަންހެން ޤައުމީ ފުޓްސަލް ޓީމު ކުޅޭ ފުރަތަމަ މެޗުގައި މިއަދު މެންދުރު 12:00 ގައި އިންޑިއާއާ ދެކޮޅަށް ނުކުންނާނެއެވެ. މިއީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. ރާއްޖޭގައި އިންޑޯ ޕިޗެއް ނެތުމުގެ ގޮންޖެހުން އޮތް ނަމަވެސް، ތައިލެންޑުގައި ކުރި ފަރިތަކުރުންތަކާއެކު ޓީމު އޮތީ މެޗަށް ތައްޔާރަށެވެ. ކޯޗު އާތިފް މުހައްމަދު ފާހަގަކުރި ގޮތުގައި ކުޅުންތެރިން މިހާރު ވަނީ އިންޑޯ ޕިޗަށް ހޭނިފައެވެ.
މި މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ އިންޑިއާއަކީ ބައިނަލްއަގްވާމީ ތަޖުރިބާ ލިބިފައިވާ، ވަރުގަދަ ޒުވާން ޓީމެކެވެ. އިންޑިއާގެ އަމާޒަކީ މި މުބާރާތުގެ ތަށި ހޯދުމެވެ. ތައިލެންޑުގައި މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަކީ ސަރަހައްދީ ފުޓްސަލްގެ ފެންވަރު ވަޒަންކޮށްލަން ލިބޭ ރަނގަޅު ފުރުސަތެކެވެ. މުބާރާތުގައި ޖުމްލަ ހަތް ގައުމަކުން ވާދަކުރެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
