
(ފޮޓޯ ކްރެޑިޓްސް: ގެޓީ އިމޭޖާސް)
ޔޫރަޕާއި ސްޕެއިން ފުޓުބޯޅައިގެ ގަދަބާރު، ރެއާލް މެޑްރިޑުގެ ކޯޗުކަމުން ޒަބީ އެލޮންސޯ ވަކިވެއްޖެއެވެ. އެލޮންސޯ ރެއާލްގެ ކޯޗުކަމުން ވަކިވެފައި މިވަނީ، ސްޕެނިޝް ސުޕާ ކަޕްގެ ފައިނަލުގައި ބާސެލޯނާއާ ވާދަކޮށް ކުރިމަތިވި ނާކާމިޔާބީއާ އެކުގައެވެ. ސުޕާ ކަޕްގެ ފައިނަލުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް މި މެޗުން އެ ޓީމު ބަލިވީ 2-3 ގެ ނަތީޖާއަކުންނެވެ. ކޯޗުކަމުގެ މަގާމުން އެލޮންސޯ ވަކިވެފައި މިވަނީ މަގާމާ ހަވާލުވިތާ ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައެވެ. ރިޕޯޓުތައް ބުނާގޮތުން ޓީމުގެ ކުޅުންތެރިންގެ މެދުގައި އެލޮންސޯގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ރެއާލް އިން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުން 44 އަހަރުގެ އެލޮންސޯ، ރެއާލްގެ ކޯޗުކަމުގެ މަގާމުން ވަކިވެފައިވަނީ ދެ ފަރާތުން ކުރެވުނު މަޝްވަރާތަކަށްފަހު ވެވުނު އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.
އަދި ރެއާލްގެ ވެރިންނާއި ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތުގައި އެލޮންސޯއަށް އަބަދުވެސް ޙާއްސަ މަގާމެއް، ކްލަބްގެ ލެޖެންޑެއްގެ ގޮތުގައި އޮންނާނެ ކަމަށާއި ރެއާލް އަކީ އަބަދުވެސް އެލޮންސޯގެ “ހޯމް” އަށް ވާނެކަމަށް ރެއާލް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ރެއާލް މެޑްރިޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ފަސް އަހަރު ކުޅުނު އެލޮންސޯ ރެއާލްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު، އެ ޓީމުގެ ކޯޗުކަމުގައި އޭރު ހުރި ކާލޯ އެންޗެލޮޓީގެ ބަދަލުގައެވެ. އޭނާ ރެއާލްއާ ހަވާލުވީ ޖަރުމަނުގެ ބަޔާ ލެވަކޫސަން އާއެކު 2024 ވަނަ އަހަރު ބުންޑަސްލީގާ ކާމިޔާބުކުރުމަށްފަހުއެވެ.
އެލޮންސޯގެ ބަދަލުގައި ރެއާލް އިން ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ޓީމުގެ ކޯޗަކަށް އާބަލޯއާ ހަމަޖެއްސިކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. އާބަލޯއާ އަކީ ވެސް ރެއާލް އަށް މީގެކުރިން ކުޅެދީފައިވާ ކުޅުންތެރިއެކެވެ. އަދި ފާއިތުބީ ދުވަސްތަކުގައި ރެއާލްގެ ޒުވާން ޓީމުތަކަށާއި ރެއާލްގެ ބީ ޓީމުގެ ކޯޗުކަން އޭނާ ކޮށްފައިވެއެވެ. ރެއާލްގެ ކޯޗުކަމުން އެލޮންސޯ ވަކިވިއިރު އޭނާގެ އިރުޝާދުގެ ދަށުން ރެއާލުން ކުޅުނު 34 މެޗުގެ ތެރެއިން 24 މެޗުން ރެއާލް ވަނީ މޮޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
