
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އިއްޔެ ވަކިކުރި އަޙްމަދު ޝަމާޙް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައިފިއެވެ. ޝަމާޙްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާއިރު، އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަން އެކޮމިޝަނުން ވަނީ ޔަޤީންކޮށްދެއްވާފައެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަން ކޮށްފައިވާ މީހެއްގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދިން ނަމަވެސް އެކަމާ ގުޅޭ އެކަމުގެ ތަފްޞީލް ހާމަކޮށްފައި ނުވެއެވެ. ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރެއްގެ މައްޗަށް ކޮރަޕްޝަން މައްސަލައެއް ތުހުމަތުކޮށް އޭސީސީއަށް ހުށަހަޅާފައިވާއިރު، އެކުންފުނީގެ އެމްޑީ ކަމުގައި ހުންނެވި އަޙްމަދު ޝަމާޙް ރަޝީދު ކުންފުނީގެ ބޯޑު މެންބަރު ކަމުންނާއި މެނޭޖިންގ ޑިރެކްޓަރުކަމުން ވަކިކޮށްފައިވާކަމަށް ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑުން އިއްޔެެ ވަނީ ވިދާޅުވެފައެވެ.
މަޤާމަށް އައްޔަން ކުރިތާ 4 މަސް ފަހުން ޝަމާހު މަޤާމުން ވަކިކޮށްފައިވާއިރު އޭނާގެ އޯޑިއޯއެއް ކަމަށް ތުހުމަތު ކުރެވޭ އޯޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި އޯޑިއޯގައި ދެމީހެއްގެ އަޑު އިވޭއިރު، އެކަކީ ޝަމާހް ކަމަށް ތުހުމަތުކުރެއެވެ. އެ އޯޑިއޯގައި ހާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުންދާ ކަމުގެ ވާހަކަތަކެއް ދައްކާ އަޑުއިވެެވެ. ޝަމާހް ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އޯޑިއޯ އަކީ އަސްލެއް ނޫން ކަމަށް ބުނެފައެވެ. ޝަމާޙް މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް މީސްމީޑިއާގައި އަމާޒުވެފައިވާއިރު، މީގެ ކުރިން މިފްކޯގެ ސީއީއޯ ކަމުގެ މަޤާމު އަދާކުރަމުން ދަނިކޮށް، އޭރު ފެންމަތިވި ބައެއް މައްސަލަތަކާއި ގުޅިގެން މަޤާމުގެ މަސްއޫލިއްޔަތަކުން އޭނާ ދުރުކޮށްފައިވެއެވެ. އޭގެ ފަހުން އޭނާ ވަނީ އެ މަޤާމުން ވަކިކޮށްފައެވެ.
ޝަމާހް މަޤާމުން ވަކިކުރުމާއެކު ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ވަނީ ހަވާލުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
