
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހިރާއްޖޭގެ ވިޔަފާރިތަކުގެ ތެރެއިން އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރާ ވިޔަފާރިތައް ފާހަގަކޮށް، އެވިޔަފާރިތަށް ސެޓިފައި ކުރުމުގެ މަސައްކަތް މިއަހަރު ތެރޭ ފަށާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ވިދާޅުވެއްޖެއެވެ. މި ވިޔަފާރިތަށް ކަނޑައަޅާނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވިއެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖޭގެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެކޮމިޝަނުން ވިދާޅުވީ ވަކި ދާއިރާތަކަށް އިސްކަމެއް ދީގެން މިހާރު ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން އެއްދާއިރާއަކީ ވިޔަފާރިތައް ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.
ވިޔަފާރިތަކާއެކު ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ވިޔަފާރިތަކުން އިންސާނީ ހައްޤުތަށް ކަށަވަރުކުރުމަށް މަސައްކަތް ކުރާ މިންވަރު އަގުވަޒަންކުރުމަށް ވިޔަފާރިތައް ސާޓިފައި ކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވިއެވެ. އެކަން ކުރާނީ އެކަމަށް ކަނޑައެޅިފައިވާ އދ. ކަމާއި ގުޅޭ މިނގަނޑުތަކާއި އެއްގޮތަށް ކަމަށް އެޗްއާރްސީއެމުން ވިދާޅުވިއެވެ. މިމަސައްކަތުގެ ތެރެއިން ވިޔަފާރިތައް 3 ގިންތިއަކުން ސެޓިފައި ކުރާނެކަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ އެޑްވޮކަސީ ހުސެއިން ޖަމީލް ވިދާޅުވީ މި ސެޓިފިކޭޝަން ވިޔަފާރިތަކަށް ހާސިލް ކުރުމަށް ވަރަށް ގިނަ ކަންކަން ކޮށްގެން ކަމަށް ވިދާޅުވެފައެވެ.
“މިސާލަކަށް ދަންނަވާނަމަ ވަކި ވިޔަފާރިއަކީ ގޯލްޑް ސްޓޭންޑާޑުގައި އޮޕަރޭޓް ކުރާ ވިޔަފާރިއެކޭ. އެ ގޯލްޑް ސްޓޭންޑާޑްއަށް ހެދުމަށް ކުރަން ޖެހޭ ވަރަށް ބައިވަރު ކަންކަން ހުރޭ. ހާއްސަކޮށް ވަޒީފާގެ ޤާނޫނަށް އިހުތިރާމް ކުރުމާއި، އެ މުވައްޒަފުންނަށް ޤާނޫނުން ލިބިދޭންޖެހޭ ހުރިހާ ހައްޤުތައް ލިބުމާއި، އެތެރޭގައި އޮންނަންޖެހޭ އެންމެހައި ކޮމެޓީތައް، މިސާލަކާށް ޖިންސީ ފުރައްސާރަކުރުން ހުއްޓުވުން ކޮމެޓީއާއި އެތިކްސް ކޮމެޓީއާއި، ދެންވެސް މުވައްޒަފުންނަށް ކަމެއް ދިމާވީމަ އެ ގްރީވެންސް ދައްކާނެ ނިޒާމެއް ޤާއިމްވެފައި އޮތުން. ” ހުސެއިން ޖަމީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިމަސައްކަތް ކުރާނީ އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް އެ ވިޔަފާރިއަކުން ކުރަމުންދާ މަސައްތަކަށް ބަލާ ޕޮއިންޓް ދެވޭ އުސޫލަކުން ކަމަށެވެ. ވިޔަފާރިތައް ސެޓިފައި ކުރުމުގައި 3 ގިންތިއަކަށް ވިޔަފާރިތައް ބަހާލާނެއެވެ. އެ ގިންތިތަކަކީ ގޯލްޑް، ސިލްވަރ އަދި ބްރޯންޒް ކަމަށް އެޗްއާރްސީއެމުން ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ މިގޮތަށް ވިޔަފާރިތައް ސެޓިފައި ކުރުމަކީ އެފަރާތްތަކަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވެފައެވެ. ހާއްސަކޮށް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ވިޔަފާރިތަކުގެ މަސައްކަތް ބައްޓަން ކުރެވުމަކީ ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ވިދާޅުވިއެވެ. “އެއީ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނަކުން މިވެނި ވިޔަފާރިއަކީ ގޯލްޑް ސްޓޭންޑާޑް ނޫނީ ބްރޯންޒް ސްޓޭޏްޑާޑްގައި އޮޕަރޭޓް ކުރާ ވިޔަފާރިއެއް ކަމަށް ކަނޑައަޅާ އެ ސެޓީފައި ކޮށްފައި އެވޯޑް ދީފިއާ އެއީ އެބޭފުޅުންގެ ސަޕްލަޔަރުން ނުވަތަ ވިޔަފާރިކުރާ އެހެން ފަރާތްތަކަށްވެސް އޮންނާނެ ވަރަށް ބޮޑު ޕްރޫފެއް. މިހާރު އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ވިޔަފާރިތަކަށް ވަރަށް ބޮޑު ފުރުޞަތުތަކެއް ލިބިގެން އެބަދޭ. އަޅުގަނޑުމެން މިބަލަނީ އެގޮތަށް ލިބޭނެ ކަމަށް. ” ހުސެއިން ޖަމީލް ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވީ، މިދިޔަ އަހަރު އަދި މިއަހަރު އެކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ އެއް ކަމަކީ ވިޔަފާރިތަކުގެ ތެރެއިން އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރުމެވެ. އެ މަސައްކަތުގެ ތެރެއިން ތާވަލް ކުރެވިގެން ބޮޑެތި ވިޔަފާރިތަކާއި އެކު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރެވޭ ކަމަށް އެޗްއާރްސީއެމުން ވިދާޅުވިއެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ހުރި ވިޔަފާރިތަކަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް މަސައްކަތް ކުރާ ވިޔަފާރިތަކަށް ހެދުން ކަމަށް އެޗްއާރްސީއެމުން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
