
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޮލިސް ސާރވިސް)
ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ހަފްތާ ބަންދުގައި މާލެގެ އެކި ސަރަޙައްދުތައް 470އަށްވުރެ ގިނަ ފަހަރު ބަލާފާސްކޮށްފަވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން، މާލޭގައި ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާ ނުވަތަ ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ތަންތަން ބަލާ ފާސްކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އެގޮތުން ކުށްތައް ގިނައިން ހިނގާކަމަށް މާލޭގައި ފާހަގަކުރެވޭ ސަރަހައްދުތައް 473 ފަހަރު ބަލާފާސްކޮށް، 77 ފަހަރު މީހުންނާ ވަނީ ސުވާލުކޮށްފައެވެ. ހަފްތާ ބަންދުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި 8 އުޅަނދެއް ބަލާ ފާސްކޮށް، 7 އުޅަނދެއް ޓޯވކޮށްފަވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތުގައި ފައި މަގުގައި ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދިޔައެވެ. އެގޮތުން ޖުމްލަ 8 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ފުޓްޕެޓްރޯލް ކޮށްފައިވެއެވެ. އާއްމުންނާ ގާތުން މަސައްކަތްކޮށް، މަގުތަކުގައި ފުލުހުންގެ ހަރަކާތްތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އާ އަހަރާ އަދި ހަފްތާ ބަންދާ ދިމާކޮށް ކުރިއަށްގެންދާ މި އޮޕަރޭޝަނަކީވެސް އާއްމު ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަމާއެކު ނިކުމެ އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ފުލުހުން މިފަދަ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ. އެގޮތުން ރައްކާތެރިކަމާ ގުޅޭގޮތުން އާއްމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތްތަކާއި އަދި ވިޔަފާރިތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްވެސް ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
