
(ފޮޓޯ ލަގްޒަރީ ޓްރެވެލް މެގަޒިން)
މި އަހަރުގެ ތެރޭގައި ރާއްޖޭގައި 7 ރިސޯޓެއް ހުޅުވާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި އައު ރިސޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ޢަދަދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އަހަރު ރާއްޖޭގައި އަލަށް ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ރިސޯޓުތައް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ރ. ރަންފުށީގައި ހުޅުވާ ބުލްގާރީ ބްރޭންޑުގެ ރިސޯޓާއި، ސިކްސް ސެންސަސް ކަނުހުރާ (ރަށްގިރި) އަދި ދިންމާގާ މޯލްޑިވްސް ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ ތެރޭގައި 7 ރިސޯޓެއް ހުޅުވުމަށް ހަަމަޖެހިފައިވާއިރު، މިދިޔަ އަހަރު ރާއްޖޭގައި 6 ރިސޯޓެއް ވަނީ ހުޅުވާފައެެވެ. އޭގެތެރޭގައި ކ. ބޮލިދުއްފަރުގައި ހުޅުވި މަންޑަރިން އޮރިއެންޓަލް މޯލްޑިވްސްއާއި، ހއ. މަކުނުދޫ ފަޅުގައި ހުޅުވި ސޮނޭވާ ސީކްރެޓް އަދި ބ. އަތޮޅުގެ ނިއުހީ އެޓް ދިގުފަރު ހިމެނެއެވެ. މީގެ އިތުރުން މާލޭގައި ހުޅުވި ފަސް ތަރީގެ ރަލް ރީފް ރިސޯޓު ބައި ބާސެލޯއާއި، ރިއު ޕެލަސް ރިސޯޓުވެސް ފާހަގަކޮށްލެވެއެވެ.

(ފޮޓޯ ކްރެޑިޓްސް: ހޮސްޕިޓާލިޓީ ނެޓް މެގަޒިން)
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތަަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ޖުމްލަ އަދަދު ވަނީ 178އަށް އަރާފައެވެ. މިއާއެކު މިހާރު ރިސޯޓުތަކުގައި ހުރި ޖުމްލަ އެނދުގެ އަދަދު ވަނީ، 44,697 އަށް އިތުރުވެފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެންމެ ގިނަ އެނދު ހުރީ މާލެ އަތޮޅުގައެވެ. އެ އަތޮޅުގައި 13,500 އަށްވުރެ ގިނަ އެނދު ހުރިއިރު، މިއީ މުޅި ރާއްޖޭގެ އެނދުގެ ނިސްބަތުން 31 އިންސައްތައެވެ. ދެވަނައަށް އެންމެ އެނދު ގިނަ އދ. އަތޮޅުގައި 5,800 އަށްވުރެ ގިނަ އެނދު ހުރިއިރު، އެއީ ޖުމްލަ އެނދުގެ 13 އިންސައްތައެވެ. މިދިޔަ އަހަރަކީ، ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އަަހަރެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 2,240,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ 2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 200،000 ފަތުރުވެރިންގެ އިތުރުވުމެކެވެ.
ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތް ކުރި ފަތުރުވެރިން ވަނީ، 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ. މިއީ، އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް ފަތުރުވެރިން ހޭދަކުރި އަދަދުތަކަށް ބަލާއިރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ފައިސާ ހޭދަކުރި އަހަރެވެ. 2025 ވަނަ އަހަރު ފަތުރުވެރިން ހޭދަކުރި 5.4 ބިލިޔަން ޑޮލަރަކީ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު %15.8ގެ އިތުރުވުމެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
