
ބޭހުގެ މައްސަލަ ހައްލުކުރުމަށް ރާއްޖެއަށް ބޭސް އެތެރެކުރާ މައި ކުންފުނި އެސްޓީއޯއިން ބޭސް އެތެރެކުރާ ބޭހުގެ ބާވަތްތައް އިތުރުކޮށްފައިވާކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްހީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ. ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ބޭސް ލިބުން ދަތިވާ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަމަށެވެ. އަދި އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ލުއިތަކާއި ކުރިއެރުން ލިބެމުންދާކަމަށްވެސް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުވެގެން އަންނައިރު ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުވެސް އިތުރުކުރެވި ބޭނުންވާ ޒަރޫރީ ބޭހުގެ ލިސްޓުވެސް ފުޅާވެގެންދާނެކަމަށެވެ.
ވަޒީރު ނާޒިމް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު އެކި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައްވެސް ވަރަށް ގާތުން ބަލަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާވެސް ފެންނަމުންދާކަމަށެވެ.
“އަޅުގަނޑަށް ވަރަށް ސާބިތުކަމާއެކު ދައްނަވަން ކެރޭނެ، ވަރަށް ބޮޑުތަނުން މައްސަލަ ލުއިވެފައިވާކަން. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ އެއްވެސް މީހަކު ޝަކުވާނުކޮށް އުޅެވޭނެ މިންވަރަށް މިކަން ހައްލުކުރުމް. އެމަގުން އެކަން ކުރިއަށް ގެންދިޔުން. މީގައި އެބަހުރި ގަވަރނެންސް ނިޒާމުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތް، ބޭސް ސަޕްލައި ކުރުމުގައި ކުރަންޖެހޭ ކަންކަމާއި އާސަންދަ ލިބޭ މި ނިޒާމުގައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި” ވަޒީރު ވިދާޅުވިއެވެ. ސިއްހީ ވަޒީރު ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބޭހުގެ ސަޕްލައި ހަރުދަނާކޮށްފައިވާކަމަށެވެ. އެގޮތުން ބޭސް އެެތެކުރާ މިންވަރު އެތައް ގުނައެއް އިތުރުކުރެވިފައިވާކަމަށެވެ. މީގެ ކުރިން އެސްޓީއޯއިން އެތެރެކުރަމުންދިޔައީ 200އެއްހާ ބޭސްކަމަށާއި މިހާރު 800އާއި 900 ދެމެދުގެ ބޭސް އެތެރެކުރެވޭކަމަށް ވަޒީރު ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން އުސޫލުތައް ހަރުދަނާކޮށް ޓްރީޓްމަންޓުގެ ގައިޑްލައިންތައް ހަރުދަނާކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު މުޅިން އަލަށް 40 ޓްރީޓްމަންޓުގެ ގައިޑްލައިން އެކުލަވާލާފާއިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ސަބަބުން ޓްރީޓްމަންޓު ދިނުމުގައި ޑޮކްޓަރުންނާއި އަދި ފަރުވާ ދޭ ފަރާއްތަކަށް ބޭނުންކުރާނެ ބޭސްތައް އެންމެ އެކަށޭނެ ގޮތެއްގައި ކަނޑައެޅިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ބޭހަށް ހާއްސަ ކުންފުންޏެއް އެކުލަވާލައި އެކަން ވަކި ނިޒާމެއް ތެރެއިން ކުރުންކަމަށެވެ. މިކަމަކީ ބޭހުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކޮށް ދުރު މުސްތަޤްބަަލަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
