
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި ރާއްޖޭގައި ފަހުގެ ތާރީހެއްގައި ނުހިންގާ ވަރުގެ އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫއެއް މި ސަރުކާރުން ފައްޓަވާފައިވާކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާ ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ސިއްހީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ތަރައްޤީކޮށް އެތަންތަނުން ލިބޭ ޚިދުމަތްތައް ފުޅާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަޒީރު ވަނީ ހިއްސާކުރެއްވިއެވެ.
ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ، މުޅި ހޮސްޕިޓަލް ނިޒާމަކީ ވަށާޖެހޭ ނިޒާމަކުން އެއް ޑިޕާޓްމަންޓެއް އަނެއް ޑިޕާޓްމަންޓަކަށް ބަރޯސާވާ ނިޒާމެއްކަމަށެވެ. އަދި މިއީ އެއް ޕްރޮޖެކްޓް އަނެއް ޕްރޮޖެކްޓަށް ވަރަށް ބޮޑަށް ބަރޯސާވާ ވަރަށް ގުޅިލާމެހިފައިވާ ނިޒާމަކުން ނޫނީ ތަރައްޤީނުކުރެވޭނެ ނިޒާމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި ރާއްޖޭގައި ފަހުގެ ތާރީހެއްގައި ނުހިންގޭ ވަރުގެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫއެއް ފައްޓަވާފައިވާކަމަށެވެ.
“ރައީސް މުއިއްޒު އެޑްމިނިސްޓްރޭޝަންއާއި ހަވާލުވެގެން މަސައްކަތް ފަށައިގަނެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުންނާއި އަދި ޚިދުމަތްތައް ފުޅާކުރަން ކުރި މަސައްކަތުން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ އަތޮޅުތެރޭގެ އުމްރާނީ ތަރައްޤީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައިވާކަން ހެލްތް ފެސިލިޓީސްތަކުގެ ބައެއް ތަންތަނުގެ ޖާގަ ވަރަށް ބޮޑަށް ކުޑަވެފަ އަނެއްބައި ތަންތަން ވަރަށް ބޮޑަށް ވީރާނާވެ ޚިދުމަތް ނުދެވޭވަރަށް ބާވެފައި ހުރުން. ވާރޭވެހުން މިހުރިހައި ކަމެއް ރަނގަޅުކުރުމަށްޓަކައި ރާއްޖޭގައި ފަހުގެ ތާރީހެއްގައި ނުހިންގޭ ވަރުގެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫއެއް ހެލްތް މިނިސްޓްރީން އެބަ ކުރިއަށްގެންދޭ. ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތައް.” ވަޒީރު ވިދާޅުވިއެވެ.
އަތޮޅުތެރޭގެ އުމްރާނީ މަޝްރޫއުތަކަށް ބަލާއިރު އައު ހޮސްޕިޓަލްތައް އެޅުމުގެ 39 މަޝްރޫއު މިވަގުތުވެސް ދަނީ ކުރިއަށެވެ. އަލަށް 19 ސިއްހީ މަރުކަޒެއް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު 89 މަރުކަޒެއް އެކްސްޓެންޝަން އަދި އަޕްގްރޭޑްކުރުމުގެ މަސައްކަތް ދަނީ ކުރިއަށްގެންދަމުންނެވެ. 12 މަޝްރޫއެއް ނިމިފައިވާއިރު އިތުރު 22 މަޝްރޫއެއްގެ މަސައްކަތް ވަނީ ކުރިއަށް ރޭވިފައެވެ. މީގެތެރޭގައި 8 ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތާއި، 5 އައު ސިއްހީ މަރުކަޒު އެޅުމުގެ މަސައްކަތް ހިމެނެއެވެ. އަދި މީގެއިތުރުން 9 އެކްސްޓެކްޝަން އަދި އަޕްގްރޭޑިންގެ މަސައްކަތް ވަނީ ރާވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
