
މިއަދުގެ ސަރުކާރަކީ ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް އަރައިގެންދާއިރު އެކަމަށް އަޅާނުލާ އޮންނާނެ ސަރުކާރެއް ނޫންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، “ތަރުޖަމާނާއެކު” ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުންނެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ، މި ސަރުކާރުން ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެއްވި 23 ބާވަތް ވަޒީރު ފާހަގަކުރެއްވިއެވެ.
ކެބިނެޓުގެ މަޝްވަރާއާއިއެކު ރައީސް ނިންމަވާފައިވަނީ ހަނޑޫ، ހަކުރު ފުށުގެ އިތުރުން 10 ބާވަތުގެ ތަރުކާރީ، 10 ބާވަތުގެ މޭވާ އަދި އިތުރު ކާނާގެ 3 ބާވަތެއް އެއީ އަސާސީ ބާވަތުގެ ގޮތުގައި ކަނޑައެޅުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މިހާރު އެ ބާވަތްތައް ރާއްޖެ ގެނެސް ވިއްކުމުގެ ޒިންމާ ވަނީ އެސްޓީއޯއާއި ހަވާލުކުރައްވާފައި ކަމަށް ވިދާޅުވިއެވެ. އެ ބާވަތްތައް ރައްޔިތުންނަށް ލުއި އަގެއްގައި ރާއްޖޭގެ ކަންކޮޅުތަކުގައި ލިބެން ހުންނާނެކަން އެސްޓީއޯއިން ޔަޤީން ކުރަންވާނެ ކަމަށް ވިދާޅުވިއެވެ. މިތަކެތި ހޯލްސޭލްކޮށް ވިއްކުމަށް މާލޭ ބަނދަރުމަތީގައި މިހާރު ވަނީ އެސްޓީއޯގެ ފިހާރައެއް ހުޅުވާފައެވެ. މި ފިހާރައިން ހޯލްސޭލްކޮށް މި ބާވަތްތައް އަގުހެޔޮކޮށް ލިބޭނެއެވެ. ވަޒީރު ވިދާޅުވީ، ރަމަޟާން މަހަށް ހުޅުމާލޭގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖޭގެ ސިޓީތަކުގެ ގޮތުގައި ކަނޑައަޅާފައި ހުރި ތަންތަނުގައި އެ ޚިދުމަތްތައް ލިބޭނެއެވެ. އަދި 3000 އިން މަތީގެ އާބާދީތަކަށް މިހާރު އެސްޓީއޯގެ އެޖެންޓުން މެދުވެރިކޮށް މިތަކެތި ލިބޭނެ އިންތިޒާމްތައްވެސް ރަމަޟާން މަހަށް ޚާއްސަ ކޮށްގެން ހަމަޖައްސަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތް ނިމޭއިރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ކޮންމެވެސް ސިފައެއްގައި އެސްޓީއޯ މެދުވެރިވެގެން މިތަކެތި ލިބޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“3000 އިން މަތީގެ އާބާދީތަކުގައި އެސްޓީއޯގެ ފިހާރަތަކެއް ހުޅުވީމަ ކުދި ވިޔަފާރިތަކަށް އޭގެ ގެއްލުން ވާނެއޭ. އެއީ، އަސްލުގައި އޭގެ ރަނގަޅު ނެރެޓިވްއެއް ނޫން. މިކަން މިކުރާ ގޮތަކީ، އެސްޓީއޯއިން ގޮސް މާލޭގައިވެސް ހޯލްސޭލްކޮށް މިދޭ އަގުގައި މިދެނީ ރީޓެއިލްއެއް ނުކުރާނެ. ރީޓެއިލް ކުރަންޖެހޭ ހާލަތެއް އައިއްސިއްޔާ ކޮށްފާނެ. އެއްކޮށް ރޫލްއައުޓް ކުރަނީކީ ނޫން. އަޅުގަނޑުމެންގެ މަސައްކަތުގައި މި ގެންގުޅޭ ގޮތަކީ، އެތަނެއްގައި ހޯލްސޭލް ކުރަނީ އެތަނެއްގައި ވިއްކާ ވިޔަފާރިތަކަށް. ހޯލްސޭލް ކޮށްގެން އަގުބޮޑު ނުވާނެކަން ކަށަވަރު ކުރުން. އަގުބޮޑުވަނީ، އެހެންވެއްޖެއްޔާ ސަރުކާރަށް ޖެހޭނެ އަސާސީ ބާވަތެއްވީމަ އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަން.” ވަޒީރު ވިދާޅުވިއެވެ. އަސާސީ ބާވަތުގެ އަދަދު 23ގައި ހުރި ނަމަވެސް ވަށާޖެހޭ ދިރިއުޅުމެއް އުޅޭއިރު ހައި އިމްޕެކްޓް އައިޓަމްތަކެއް ހުންނަކަން ވަޒީރު ވިދާޅުވިއެވެ. އަދި އެއިން ވަކި އައިޓަމެއް އަގުބޮޑުވާނަމަ އަދުގެ ސަރުކާރުން ރައްޔިތުންނަށް ބުރައަކަށްނުވެ އެ ތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ، އަސާސީ ކާބޯތަކެތީގެ ޕްރައިޒް އިންޑެކްސްއެއް އެކުލަވާލާފައެވެ. އަދި 162 ބާވަތެއްގެ އަގު ދުވަހުން ދުވަހަށް މޮނިޓަރ ކުރަމުންދެއެވެ.
About Post Author
މާދަމާ ނިއުސް
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި، ރައީސްގެ އެންގެވުމަކަށް ނޫން: ތަރުޖަމާނު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި އެއީ އަމިއްލަ ނިންމެވުމެއް ކަމަށް ސަރުކާރުން...
މަޢުލޫމާތު ހާމަކުރުމަކީ އިތުބާރު ދަމަހައްޓައި ހިންގުން ހަރުދަނާކުރުމަށް ލާޒިމު ކަމެއް: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށް މަޢުލޫމާތު ހާމަކުރުމަކީ އަސާސީ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު...
ފިނޭންސް މިނިސްޓަރ ޒަމީރު އިސްތިއުފާ ދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވަޒީރު މޫސާ ޒަމީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އިސްތިއުފާ...
ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ރޭޓިންގް 'ސީސީސީ-' އަށް މަތިކޮށް، ބޭންކުގެ ކުރިމަގު...
“ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްޤީވެފައި ނެތުމަކީ ބޭސް ލިބުމަށް...
