
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
2025ވަނަ އަހަރުގެ ނޮވެމްބަރުމަހު ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު %15 އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން ނޮވެމްބަރުމަހު ލުއި ލޯނާއި ކްރެޑިޓް ކާޑަށް 8.7 ބިލިއަން ރުފިޔާ ބޭންކްތަކުން ދޫކޮށްފައިވެއެވެ. 2025ވަނަ އަހަރުގެ ޖެނުއަރީ މަހު ލޯނާއި ކްރެޑިޓް ކާޑަށް ދޫކުރި ފައިސާގެ އަދަދު ހުރީ 7.6 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއީ 1.1 ބިލިއަން ރުފިޔާ އިތުރުވުމެކެވެ. ލޯނާއި ކްރެޑިޓް ކާޑަށް ދޫކުރާ ފައިސާގެ އަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ 5އަހަރުގެ ތެރޭގައި ލޯނާއި ކްރެޑިޓް ކާޑަށް ނެގި އަދަދު ވަނީ %141 އިތުރުވެފައިކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި މައިގަނޑު ސިނާޢަތްތައް ކަމަށްވާ ޕަރސަނަލް ލޯނު، ފަތުރުވެރިކަން، ވިޔަފާރި، ބިނާކުރުން އަދި ރިއަލް އެސްޓޭޓްގެ ދާއިރާއިން ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ އިތުރުވެފައެވެ. ޓޫރިޒަމް ފިޔަވައި އެންމެ ގިނަ ލޯނު ބޭންކްތަކުން ދޫކުރަނީ ކްރެޑިޓް ކާޑާއި ލުއި ލޯނަށެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް ދޫކުރި ލޯނުތަކުގެ އަދަދު އިތުރުވުން ގުޅިފައިވަނީ، ވޯކިންގ ކެޕިޓަލްއާއި، ރިސޯޓް ތަރައްޤީކުރުން އަދި ގެސްޓްހައުސްތަކަށް ދޫކުރާ ލޯނުތައް އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
