
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމުން ދައުލަތަށް 80 މިލިޔަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު މިހެން ވިދާޅުވީ ދެ އިންތިޚާބު އެއްކޮލުމަށް ޤާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. ފަލާހު ވިދާޅުވީ ދެ އިންތިޚާބު އެއްކޮލުމަށް މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރުމަށް ނިންމާފައިވާއިރު އޭގެ ސަބަބުން 20 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރުން 6 މަސް ދުވަސް އުނިވާނެ ކަމަށެވެ. ނަމަވެސް މިއީ ޤައުމާއި އިގްތިސާދަށް ވިސްނާނަމަ ފައިދާ ހުރި ކަމެއް ކަމަށާއި އެފަދަ ކަންކަމުގައި މެންބަރުންނަށް ގެއްލުންވިނަމަވެސް ތިއްބަވާނީ ޤައުމަށް ފައިދާވާނެ ގޮތަށް ކަމަށް ފަލާހު ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބު ބޭއްވުމަށް 60 މިލިޔަން ރުފިޔާ އާއި 80 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާކަން ތަފާސްހިސާބުތަކުން ދައްކާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ ދެ އިންތިޚާބު އެއްކޮލުމުން އެ ޚަރަދު ސަލާމަތް ކުރެވޭނެ ކަމަށެވެ. ޤާނޫނުއަސާސީގައިވާގޮތުން މަޖިލީހުގެ ދައުރަށް ބަދަލު ގެނައުމުގެ ބިލު ފާސްކުރުމަށްފަހު އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހެއެވެ. އެހެންވެ، އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ވޯޓު ނެގުމަށް ބިލުގެ މަސައްކަތް ނިންމުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް ފަލާހު ވިދާޅުވިއެވެ. “ހަގީގަތުގައި މިވުގުތު މިއީ އެންމެ ރަނގަޅުވަގުތު ޤާނޫނުއަސާސީއަށް މި ދެ އިންތިޚާބު އެއްކޮށްލަން މި އިސްލާހު ގެންނަަކަމަށް ވަންޏާމުން ގެންނަން. ވަގުތު ރަނގަޅު ކަމަށް މި ދަންނަވާ އެންމެ މުހިންމު އެއް ސަބަބަކީ ކައުންސިލް އިންތިޚާބާ ދިމާކޮށް ފޮނުވާތީ. އެ ނޫންގޮތަކަށް އިސްލާހު ކުރާނަމަ އަނެއްކާވެސް އިތުރު އިންތިޚާބެއް ބާއްވައި ދައުލަތަށް ޚަރަދުބޮޑުވާނެ،” ފަލާހު ވިދާޅުވިއެވެ.
މަޖިލީހުގެ ދައުރު ކުރުކޮށް ދެ އިންތިޚާބު އެއްކޮށްލުމަށް ސިޔާސީ ގިނަ ލީޑަރުންތަކެއްވެސް ތާޢީދުކުރައްވާކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ އިސްލާހަކަަށް އަމަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ކަމަށްވާތީ ބިލާ ދެކޮޅުު ހެދުމުގެ މާނައެއް ނެތް ކަމަށްވެސް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ދައުރު ފަށާ ޖަލްސާ 1 ޑިސެމްބަރަށް ބަދަލުވާނެއެވެ. އަދި މިހާރު ހިނގަމުންދާ ދައުރުގެ މުއްދަތު 1 ޑިސެމްބަރ 2028 އާ ހަމައަށް ހަމަވާނެއެވެ. މިހާރު އޮތްގޮތުން މަޖިލީހުގެ ދައުރު ހަމަވާނީ 2029ވަނަ އަހަރުގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
