
ޔަމަނުގެ މައްސަލައަށް މަޝްވަރާ އުސޫލުން ޙައްލު ހޯދުމަށް އެޤައުމުގެ ސަރުކާރުން ނިންމާފައިވާތީ ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފިއެވެ. ޔަމަނުގެ އެތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން އެކަން ހައްލު ކުރުމަށް ސަޢުދި އަރަބިއްޔާ އިސްވެ އޮވެ ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިމައްސަލާގައި ދިވެހި ޚާރިޖީއްޔާއިން ވިދާޅުވީ، ދިވެހި ސަރުކާރުން ޔަމަނުގައި ހިނގަމުންދާ ކަންކަން ގާތުން ބަލަމުންދާ ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ތާޢީދު އޮތީ، ޔަމަނުގެ ވެރިކަން ކުރުމަށް ބައިނަލްއަޤްވާމީ ގޮތުން ބަލައިގެންފައިވާ ސަރުކާރަށް ކަމަށެވެ.
އެޤައުމުގައި ހިންގަމުންދާ ކަންކަމަށް މަޝްވަރާގެ މަތިން ސިޔާސީ ޙައްލެއް ހޯދުމަށް ޔަމަނުގެ ސަރުކާރު ހިންގާ ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލުން ދަޢުވަތު ދީފައިވާތީ އެކަމަށް ދިވެހިރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ. މިކަމަށް ބާއްވާ ކޮންފަރެންސް ސަޢުދި އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވުމަށް ސަޢުދީ ސަރުކާރުން ނިންމާފައިވުމުން ރާއްޖެއިން ވަނީ، އެކަމަށްވެސް މަރުހަބާ ކިޔާފައެވެ. މިކަމުން ދައްކުވައިދެނީ، ޔަަމަނުގައި ހަމަޖެހުމާއި ރައްކާތެރިކަން ޤާޢިމްކޮށް ސުލްޙަވެރި ޙައްލެއް ގެނައުމަށް ސަޢުދީ ސަރުކާރުން ދޭ އިސްކަން ކަމުގައި ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.
ޔަމަނުގެ މައްސަލާގައި މީގެ ކުރިން ދިވެހި ސަރުކާރުން ނެރެފައިވާ ބަޔާނުގައި ޔަމަނަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް މިމަސައްކަތުގައި އެޤައުމުގެ އެތެރޭގައި މަސްލަޙަތު ހިމެނޭ ހުރިހާ ފަރާތެއްގެ އެއްބާރުލުން ބޭނުންވާކަން ދިވެހި ސަރުކާރުން ފާހަގަކުރިއެވެ. އަދި މިމަސައްކަތުގެ ތެރެއިން ޔަމަނުގެ ރައްޔިތުންނަށް ތަރައްޤީއާއި، ފާގަތިކަން ލިބި، އެޤައުމުގައި ހަމަޖެހުމާއި ސުލްޙަ ޤާއިމްކުރުން މުހިންމު ކަމަށްވެސް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
