
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އުތުރު ކޮރެޔާގެ އިރުމަތީ އައްސޭރި ފަށުން ބެލިސްޓިކް މިސައިލްތަކެއް ކަނޑުގެ ސަރަޙައްދަށް އުދުއްސައިފިއެވެ. މިއީ ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި އުތުރު ކޮރެޔާއިން އެ ގޮތަށް މިސައިލް އުދުއްސާފައިވާ ފުރަތަމަ ފަހަރެވެ. އެ މިސައިލް އުދުއްސާފައި ވަނީ ޕްޔޮންގްޔޭންގް ސަރަޙައްދުން ކޮރެއަން ޕެނިންސުލާއާއި ޖަޕާނާ ދެމެދުގެ ސަރަޙައްދަކަށެވެ. އެ މިސައިލްތައް މިހާރު ކަނޑަށް ވެއްޓިފައިވާ ކަމަށް ބެލެވެއެވެ. އުުތުރު ކޮރެޔާއިން މިސައިލް ފޮނުވާފައި ވަނީ ދެކުނު ކޮރެޔާގެ ރައީސް ލީ ޖައެ މިޔޮންގ، ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ފެއްޓެވުމުގެ ގަޑިއިރު ކޮޅެއް ކުރިންނެވެ. މި ދަތުރުގެ ތެރޭގައި ކޮރެއަން ޕެނިންސުލާގައި ޞުލްޙަ ދެމެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، އުތުރު ކޮރެޔާއާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ޗައިނާގެ އެހީތެރިކަން އޭނާ ހޯއްދަވާނެ ކަމަށް ބެލެވެއެވެ.
އުތުރު ކޮރެޔާއިން މިސައިލެއް އުދުއްސާފައި މި ވަނީ އެމެރިކާއިން ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. އުތުރު ކޮރެޔާއިން ވަނީ އެމެރިކާގެ ޢަމަލުތައް ކުށްވެރިކޮށް، އެމެރިކާއިން ވެނެޒުއެލާގެ އިސްތިގުލާލަށް އަރައިގެންފައިވާ ކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
