
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ޤައުމުން ބޭރަށް ގެންދިޔުމުން އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެމެރިކާގެ ޙަމަލާއަށް ފަހު ރަޝިޔާއާއި ޗައިނާގެ ތާއީދާއެކު ވެނެޒުއެލާއާއި ކޮލޮމްބިޔާއިން ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެދިފައެވެ. 15 މެންބަރުންގެ މައްޗަށް އެކުލެވޭ މި މަޖިލީހުގެ ބައްދަލުވުމެއް މިހާތަނަށް ތާވާލުކޮށްފައެއް ނުވެއެވެ. ގުތޭޚެޝްގެ ތަރުޖަމާނު، ސްޓެފާން ދުޖަރިކް ވިދާޅުވީ އެމެރިކާގެ އަމަލުތަކުން އެހެން ޤައުމުތަކަށް ދެވެނީ ނުރައްކާތެރި މެސެޖެއް ކަމަށެވެ. އދގެ ޗާޓަރު ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ހުރިހާ ފަރާތަކުން ވެސް އިޚްތިރާމުކުރުމުގެ މުހިންމުކަން ގުތޭޙެޝް ފާހަގަކުރައްވައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ޙާލަތުގައި ބައިނަލްއަޤްވާމީ ޤާނޫނަށް ޢަމަލުކޮށްފައި ނުވާތީ ގުތޭޚެޝް އެކަމާ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ދުޖަރިކް ވިދާޅުވިއެވެ.
ވެނެޒުއެލާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާތީ އދގެ ސަލާމަތީ މަޖިލީހުން ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އާއި ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެމެރިކާގެ ޙަމަލާއާ ގުޅިގެން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިވަޑައިގަންނަވައި ފޮނުއްވި ސިޓީއެއްގައި ވެނެޒުއެލާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަމުއެލް މޮންކަޑާ ވިދާޅުވީ އެމެރިކާއިން ޞުލްޙަވެރި ޤައުމަކާ ދެކޮޅަށް އަސްކަރީ ޙަމަލާއެއް ދީފައިވާ ކަމަށާއި އޭގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތަށް ބުރޫއަރާ ކަމަށެވެ. އަދި އެއްވެސް ޤައުމެއްގެ ސަރަޙައްދީ ނުވަތަ ސިޔާސީ މިނިވަންކަމާ ދެކޮޅަށް ބާރުގެ ބޭނުންކުރުން މަނާކުރާ އދގެ ޗާޓަރާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
