
(ފޮޓޯ ކްރެޑިޓްސް: އެމްއެސްއޭ)
ނިމިދިޔަ 2025 ވަނަ އަހަރަކީ ރާއްޖޭގެ ރާޅާއެޅުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު އަހަރެކެވެ. މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ފާހަގަކުރާ ގޮތުގައި، އޭޝިއާ ސަރަހައްދުގައި ރާއްޖޭގެ އެތުލީޓުންގެ ފެންވަރު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. މިދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ ރާއްޖޭގެ އަންހެން ރާޅާއެޅުންތެރިން ފުރަތަމަ ފަހަރަށް އޭޝިއަން ގޭމްސްއަށް ކޮލިފައިވުމާއި، އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޖޫނިއާ ކެޓަގަރީން ރާއްޖެއަށް ލޯ މެޑަލް ލިބުމެވެ.

(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
މީގެ އިތުރުން، ގްރާސްރޫޓް ލެވެލްގައި މި ކުޅިވަރު ފަތުރާލުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގައި އަންހެން ކެޓަގަރީ އަލަށް ހިމަނައި ގިނަ ރަށްތަކަކުން ކުދިން ބައިވެރިވިއެވެ. ސަރުކާރުން އެތުލީޓުންގެ މުސާރަ ބޮޑުކޮށްދިނުމާއި، އަންހެން އެތުލީޓުންނަށް މުސާރަދޭން ފެށުމުގެ އިތުރުން، ކުޅިވަރުގެ ތެރޭގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމަށް އައު އިންޝުއަރެންސް ސްކީމެއް ތައާރަފްކުރުމަކީ ރާޅާއެޅުންތެރިންނަށް ލިބުނު ބޮޑު ހިތްވަރެކެވެ. ކުރިއަށް އޮތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ޖަޕާނުގައި ތަމްރީނު ހެދުމުގެ ފުރުސަތު ހޯދައިދިނުމަށާއި، މާލޭގައި ސާފިން ސްޓޭޑިއަމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތާއެކު، މިއަހަރަކީވެސް ރާއްޖޭގެ ރާޅާއެޅުމަށް އުންމީދީ އަހަރެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
