
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިދިޔަ އަހަރު ނިމުނުއިރު އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ، ޕީއެންސީ ކަމަށް އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބުތަަކުން ދައްކައިފިއެވެ. މިދިޔަ އަހަރު ނިމުނުއިރު 9 ޕާޓީއެއް ރަޖިސްޓްރީވެފައިވެއެވެ. އޭގެ ތެރެއިން ގިނައީ، 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. އިލެކްޝަން ކޮމިޝަނުން ޙިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ޕީއެންސީއެވެ. އެ ޕާޓީގައި 74،048 މެމްބަރުން ތިއްބެވެ. ދެން އެންމެ ގިނަ މެމްބަރުން ތިބީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިވް ޕާޓީ، އެމްޑީޕީގައެވެ. އެއީ، 43،784 މެމްބަރުންނެވެ.
- ޖުމްހޫރީ ޕާޓީ: 12،343 މެމްބަރުން
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ) 9،686 މެމްބަރުން
- އަދާލަތު ޕާޓީ 8،267 މެމްބަރުން
- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ) 5،133 މެމްބަރުން
- ޕީޕަލްސް ނޭޝަނަލް ޕްރަންޓް (ޕީ.އެން.އެފް) 3،012 މެމްބަރުން
- ދަ ޑިމޮކްރެޓްސް 2،952 މެމްބަރުން
- މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) 1،710 މެމްބަރުން
ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި 9 ޕާޓީއެއް އޮތްއިރު، މިއަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ، 4 ސިޔާސީ ޕާޓީއަކަށެވެ. އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން މި އަހަރުގެ ބަޖެޓު ފާސްކުރި ދުވަސް ކަމުގައިވާ މިދިޔަ އަހަރުގެ ނޮވެންބަރު 25 ވަނަ ދުވަހުގެ ނިޔަލަށް އެކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވަނީ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ އިތުރުން ސަރުކާރު ހިންގާ ޕީއެންސީގައެވެ. މިދިޔަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރީ، 5 ސިޔާސީ ޕާޓީއަކަށެވެ. މީގެ ތެރެއިން ޤާނޫނުގައި ބުނާ އަދަދަށް މެންބަރުންގެ އަދަދު ހަމަނުވުމުން، މި އަހަރު ބަޖެޓުން ފައިސާ ލިބޭ ލިސްޓުން އުނިވާނީ އަދާލަތު ޕާޓީއެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކަށްވެސް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރާނެއެވެ. އެއަދަދަށް ފައިސާ ދޫކުރާނީ، 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.
ޕާޓީތަކަށް މެމްބަރުން ވެއްދުމުގެ މަސައްކަތުގެ ދަށުން ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރަޖިސްޓްރީވެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ޤަވާއިދު އިސްލާޙުކޮށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވަނީ ޢާންމުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
