
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއިން ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންދިޔުމުން ބައިނަލްއަޤްވާމީ ދުނިޔޭގެ ފާޑުކިޔުން އެމެރިކާއަށް އަމާޒުވެއްޖެއެވެ. އެމެރިކާގެ ޙަމަލާއާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ އެމެރިކާއިން ދީފައިވާ ޙަމަލާއާ މެދު އެ ޤައުމުން ކަންބޮޑުވާ ކަމަށާއި އެ ކަން ކުށްވެރިކުރާ ކަމަށެވެ. އެ ފަދަ ޙަމަލާއެއް ދޭން ޖެހޭ މަޤުބޫލު ސަބަބެއް ނެތް ކަމަށް ވެސް ރަޝިޔާއިން ބުނެފައިވެއެވެ. މި ޙާލަތުގައި ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމާއި، މަޝްވަރާގެ މަގުން ޙައްލެއް ހޯދުން މުހިންމު ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. އަދި އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މިހާރުން މިހާރަށް ބޭއްވުމަށް އެ ޤައުމުން ވަނީ ގޮވާލައިފައެވެ.
ޗައިނާއިން ވެސް ވަނީ އެމެރިކާއިން ބާރުގެ ބޭނުންކުރުން ކުށްވެރިކޮށްފައެވެ. އަދި އެމެރިކާއިން ވެނެޒުއެލާގެ އިސްތިޤުލާލަށް އަރައިގެންފައިވާ ކަމަށާއި، އެއީ އދގެ ޗާޓަރާ ޚިލާފު ޢަމަލެއް ކަމަށް ވެސް ބުނެފައިވެއެވެ. ލެޓިން އެމެރިކާގެ ގިނަ ޤައުމުތަކުން އެެމެރިކާގެ ޢަމަލުތައް ވަނީ ކުށްވެރިކޮށްފައެވެ. ބްރެޒިލުން ބުނީ އެމެރިކާއިން ހުރަސް ކުރެވިގެން ނުވާ ރޮނގެއް ހުރަސްކޮށްފައިވާ ކަމަށާއި، އޭގެ ސަަބަބުން ސަރަޙައްދީ ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމަށެވެ. މެކްސިކޯއިން ބުނީ ކުރިއަށް ދާންޖެހޭ ހަމައެކަނި މަގަކީ މަޝްވަރާގެ މަގު ކަމަށެވެ. ކެމްބޯޑިޔާއާއި ޗިލީއިން ވަނީ ވެނެޒުއެލާގެ އިސްތިޤުލާލަށް އިޚްތިރާމް ކުރުމަށް ގޮވާލައި، ރައްޔިތުންނަށް ކޮށްފާނެ އަސަރަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް އާޖެންޓީނާގެ ރައީސް ހާވިޔަރ މިލޭ ވަނީ އެމެރިކާގެ ޙަރަކާތްތަތަކަށް މަރުޙަބާ ކިޔުއްވައި، އެއީ މިނިވަންކަމާ ގާތަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. މީގެ ކުރިން ވެނެޒުއެލާއާއެކު ޞުލްޙަވެރިކަމާއެކު މައްސަލަ ޙައްލުކުރުމަށް ކޮށްފައިވާ މަސައްކަތްތައް ކާމިޔާބުވެފައި ނުވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އެކުއެޑޯރގެ ރައީސް ޑެނިއެލް ނޮބޯ ވެސް ވަނީ މިއީ ވެނެޒުއެލާއަށް ސިޔާސީ ބޮޑެތި ބަަދަލުތަކެއް ގެނައުމަށް ލިބޭ ފުުރުޞަތެއް ކަމަށް ވިދާޅުވެފައެވެ. ވިލާތުގެ އިއްތިޙާދުން މަދޫރޯގެ ސަރުކާރަކީ ޤާނޫނީ ސަރުކާރެއް ކަމާމެދު އަބަދު ވެސް ސުވާލު އުފައްދައެވެ. ނަމަވެސް ވިލާތުގެ އިއްތިޙާދުގެ އިސް ވެރިން ވެސް ވަނީ ބައިނަލްއަޤްވާމީ ޤާނޫނުގެ އުޞޫލުތައް ދަމަހައްޓަންޖެހޭ ކަމަށް ބުނެފައެވެ. އަދި މައްސަލަ ގޯސްވިޔަ ނުދިނުން މުހިންމު ކަމަށާއި، ބައިނަލްއަޤްވާމީ ޤާނޫނާއި އދގެ ޗާޓަރުތަކަށް ޢަމަލުކުރަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓަރމަރ ވިދާޅުވީ އެމެރިކާއިން ދިން ޙަމަލާއާ އެ ޤައުމާ ގުޅުމެއް ނެތް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނު ދަމަހައްޓަންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފަރަންސޭސީވިލާތުން ވެސް ބުނީ ވެނެޒުއެލާގެ މުސްތަޤުބަލާމެދު ގޮތް ނިންމަން ޖެހޭނީ އެ ޤައުމުގެ ރައްޔިތުން ކަމަށެވެ. ޔޫކްރެއިނުން ބުނީ އެ ޤައުމުން އަބަދުވެސް ޤައުމުތަށް މިނިވަންކަމާއެކު ދެމިއޮތުމުގެ ހައްޤަށް ވަކާލާތުކުރާ ޤައުމެއް ކަމަށެވެ. ޔޫކްރެއިންއަކީ ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކަށް ބާރުއަޅާ ޤައުމެއް ކަމަށް ވެސް ބުނެފައިވެއެވެ. އެ ޤައުމުން ބުނީ މަދޫރޯގެ ވެރިކަމަކީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި އެ ވެރިކަމުގައި އެ ސިފަތައް ފުރިހަމަ ނުވާ ކަމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނާ އެއްަގޮތަށް ކަންކަން ކުރިއަށް ގެންދިޔުމަށާއި، ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކާއި ވެނެޒުއެލާގެ ރައްޔިތުންގެ މަސްލަހަތު އިސް ކުރުމަށް އެ ޤައުމުން ވަނީ ގޮވާލައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
