
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2025ވަނަ އަހަރުގެ ފަހު ކުއާޓަރގައި ސިންގަޕޫރުގެ އިޤްތިޞާދު އޭގެ ކުރީ އަހަރާ އަޅާބަލައިިއިރު 5.7 އިންސައްތަ ކުރިއަރާފައިވާ ކަމަށް އެ ޤައުމުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 2025ވަނަ އަހަރުގެ އެހެން ކުއާޓަރތަކާ އަޅާބަލައިއިރު އެ ޤައުމުގެ އިޤްތިޞާދަށް ފަހު ކުއާޓަރގައި ލިބިފައި ވަނީ 1.9 އިންސައްތައިގެ ކުރިއެރުމެކެވެ. ސިންގަޕޫރުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އަންދާޒާކޮށްފައި ވަނީ 2025ވަނަ އަހަރުގެ އިޤްތިޞާދީ ކުރިއެރުން އެންމެ ގިނަވެގެން ވެސް ހުންނާނީ 4 އިންސައްތައިގައި ކަމަށެވެ. ނަމަވެސް މުޅި އަހަރަށް ބަލާނަމަ ސިންގަޕޫރަށް ލިބިފައިވާ ހަޤީޤީ އިޤްތިޞާދީ ކުރިއެރުން މިންކުރެވެނީ 4.8 އިންސައްތައިގެ ގޮތުގައެވެ. އެއީ 2021ވަނަ އަހަރުން ފެށިގެން އެ ޤައުމުގެ އިޤްތިޞާދު ކުރިއަރާފައިވާ އެންމެ ބޮޑު މިންވަރެވެ.
ސިންގަޕޫރުގެ ސަރުކާރުން ކުރިން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ކުރިއަރާނީ 1.0 އިންސައްތައާއި 3.0 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ. ނަމަވެސް އަންދާޒާ ކުރި މިންވަރަށް ވުރެ އިތުރަށް ސިންގަޕޫރުގެ އިޤްތިޞާދު ކުރިއެރުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މުދާ އުފެއްދުމުގެ ދާއިރާއިން ލިބުނު ކުރިއެރުންތައް ފާހަގަކޮށްލެވެއެވެ. އެ ގޮތުން ބަޔޯމެޑިކަލް ސާމާނާއި ކަރަންޓު ސާމާނު އުފައްދާފައިވާ މިންވަރު އިތުރުވުން ހިމެނެއެވެ. ބައިނަލްއަޤްވާމީ ބާޒާރުގައި އޭއައިއާ ގުޅުންހުރި ސެމީ ކޮންޑަކްޓަރާއި އެހެން އާލާތްތަކަށް އޮންނަ ޑިމާންޑު އިތުރުވުމަކީ މި ދާއިރާ ކުރިއަރަން މެދުވެރިވި މައިގަނޑު އެއް ސަބަބެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރު ލައުރެންސް ވޮންގ ވިދާޅުވީ ކުރިން ލަފާކުރި މިންވަރަށް ވުރެ އިޤްތިޞާދީ ކުރިއެރުން އިތުރުވެފައި ވަނީ އޭއައި ދައިރާގެ ސަބަބުންނާއި ސިންގަޕޫރުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފްގެ ޢަދަދު ހީކުރި މިންވަރަށް ވުރެ ދަށްވުމުން ކަމަށެވެ. ސިންގަޕޫރުން އެމެރިކާއަށް އެތެރެކުރާ މުދަލުން 10 އިންސައްތައިގެ ޓެރިފެއް ނަގާއިރު، އެއީ ދެކުނު އިރުމަތީ އޭޝިޔާގެ އެހެން ޤައުމުތަކުން ދައްކަންޖެހޭ ޓެރިފްގެ ޢަދަދަށް ވުރެ ދަށް ޢަދަދެކެވެ. ނަމަވެސް 2026ވަނަ އަހަރު، މިދިޔަ އަހަރުގެ ދުވެލީގައި އިޤްތިޞާދީ ކުރިއެރުން ދެމެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވޮންގ ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
