
(ފޮޓޯ ކްރެޑިޓްސް: ގޯލްޑަން ފުޓްސެލް އެސޯސިއޭޝަން)
ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ހުޅުވުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުން ކާށިދޫ ބަލިކޮށް 2024 ޗެމްޕިއަނުން އޭދަފުށި ޝީލްޑް އުފުލާލައިފިއެވެ. މިމުބާރާތުގައި މިދެޓީމް އެންމެ ފަހުން ކުޅުނު ތިން މެޗުގައިވެސް އޭދަފުށިން މިވަނީ ކާށިދޫގެ މައްޗަށް ކުރި ހޯދާފައެވެ. އެއީ މިރޭ ކުޅެވުނު މެޗުގެ އިތުރުން މިދިޔައަހަރުގެ ޒޯން ބުރުގައި ކުޅުނު މެޗާއި ޒޯން ފައިނަލް މެޗެވެ. ހިޔުންޑައި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ހުޅުވުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗު އޭދަފުށިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެޓީމުން ކުރެ އެއްޓީމަކަށްވެސް ގޯލެއް ކާމިޔާބުކުރެވޭގޮތް ވަނީ ނުވެފައެވެ.
ޕެނަލްޓީގައި އޭދަފުށި ކުރި ހޯދީ އެޓީމުގެ ބަދަލު ކީޕަރު މުހައްމަދު ޝާންގެ ސޭވްތަކާއެކު 3-1 ނެވެ. ކާށިދޫއިން ފޮނުވާލި 4 ޕެނަލްޓީގެ ތެރެއިން 3 ޕެނަލްޓީ ޝާން ވަނީ ނަގާފައެވެ. މުޅި ރާއްޖެ ޝާމިލްވާގޮތަށް ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ގޯލްޑެން ފުޓްސަލް ޖެލެންޖުގެ މިއަހަރުގެ މުބާރާތަކީ 10 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ދަނީ އެހެން އަހަރުތަކާ ހިލާފަށް ޒަމާނީ ވަސީލަތްތަކާއެކު ވީޑިއޯ އެސިސްޓަންޓް ރެފްރީގެވެސް އެހީއާއެކުއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
