
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިހާރު ކުރިއަށްދާ ދިރާގު ދިވެހި ލީގުގެ ތެރެއިން ރަނގަޅު މެޗުތަކެއް ފެނިގެންދާނީ ދަނޑުގެ ވިނަގަނޑު ރަނގަޅުވެގެންކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ. ހެނާންޑޭޒް މިހެން ބުނެފަވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ލީގުގައި ވެލެންސިއާ 3-0 ގެ ނަތީޖާއަކުން ބަލިކުރި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައެވެ. ހެނާންޑޭޒް ބުނީ ގަލޮޅު ދަނޑުގެ ވިނަގަނޑުގެ ހާލަތު ވަރަށް ގޯސްކަމަށާއި އެކަމުގެ ސަބަބުން ކުޅުންތެރިންނަށް އަސްލު ފެންވަރު ދައްކާލުމަށް ދަތިވެފައިވާކަމަށެވެ. އެހެންކަމުން މިކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް އޭނާ ވަނީ ބުނެފައެވެ.
“އަހަރެންގެ އުންމީދަކީ މިލިބޭ ބްރޭކަށްފަހު ނުކުންނައިރު ދަނޑުގެ ވިނަގަނޑުގެ ހާލަތު ރަނގަޅުވުން. މިކަހަލަ ވިނަގަނޑެއްގަ މޮޅަށް ކުޅުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. އެހެންވީމަ ވިނަގަނޑުގެ ހާލަތު ރަނގަޅުކުރަން އެބަޖެހޭ މަސައްކަތްތަކެއް ކުރަން” މާޒިޔާގެ ކޯޗު ބުންޏެވެ. ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗަކީ ފަސޭހަ މެޗެއް ނޫންކަމަށް ކޯޗު ފާހަގަކުރިއެވެ. އިދިކޮޅުން ދެއްކީ މޮޅު ކުޅުމެއްކަމަށާއި އެހެންނަމަވެސް މާޒިޔާއިން ފަހު ވަގުތު މެޗު ކޮންޓްރޯލްކޮށް އިދިކޮޅުގެ ގޯލު ފޫއަޅުވާލެވުމަކީ ލިބުނު ހިތްހަމަޖެހުމެއްކަމަށް އޭނާ ބުންޏެވެ.
“ވެލެންސިއާއިން އެމީހުންގެ ޕްލޭނާއި އެއްގޮތަށް ކުޅެން މަސައްކަތްކުރި. އެހެންނަމަވެސް މާޒިޔާއިން މެޗުގެ ކޮންޓްރޯލް ނެގުމާއިއެކު ގިނަ ހަމަލާތަކެއް އުފައްދާ މެޗު މިވަނީ ކާމިޔާބުކޮށްފަ. މެޗުގެ ނަތީޖާއާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ” ހެނާންޑޭޒް ބުންޏެވެ. ކުޅުނު 12 މެޗުން 34 ޕޮއިންޓާއެކު އެއްވަނައިގަ އޮތް މާޒިޔާއިން މިހާތަނަށް މޮޅު ކުޅުމެއްދައްކަމުން އަންނައިރު، ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ވާދަކުރި މެޗު މާޒިޔާއިން ނަގާފަވަނީ 5-0 ގެ ފަރަގަކުންނެވެ. ލީގުގައި މާޒިޔާއިން ދެން ނުކުންނާނީ މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށެވެ. އެޓީމު އޮތީ 7 ޕޮއިންޓާއިއެކު ތާވަލުގެ ފުލުން ދެވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
