
ޚުޠުބާގެ މަޢުޟޫތަކާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދީ، މުޖުތަމަޢުއައް އެންމެ ބޭނުންތެރި މަގުން ޚުޠުބާ ތައްޔާރުކުރުމަށްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އިމާމުންނަކީ އަމިއްލައަށް ޚުތުބާ ދެވޭ ފެންވަރުގެ އިމާމުން ނޫންކަމަށެވެ. އަދި އަމިއްލައަށް ނުބަލާ ޚުތުބާ ދިނުމުގެ ގާބިލްކަން ހުންނަނީ ވަރަށް މަދު ޢިލްމުވެރިންނަށްކަން ފާހަގަކުރައްވާ އެކަމަށް މިހާރުވެސް ހުއްދަ އޮންނަކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެފަދައިން ޚުޠުބާ ދެއްވާ ބައެއް ބޭފުޅުންވެސް ޚުޠުބާ ފަށާ ގޮތަށް ނިންމުން ލަސްވުމުގެ ސަބަބުން ރައްޔިތުންގެ އެތައް މަސްލަޙަތަކަށް ގެއްލުންވާކަމަށެވެ. އަދި ހައްދެއް އިމެއް ނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވާލައިފިނަމަ، ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެކަމަށެވެ. އެހެންކަމުން، ޚުޠުބާގެ މަޢުޟޫތަކާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދީ މުޖުތަމަޢުއައް އެންމެ ބޭނުންތެރި މަގުން ޚުޠުބާ ތައްޔާރުކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ ޚުޠުބާގެ ކަންތަކުގައި ޢަމަލު ކުރަމުން މި ދަނީ ރާއްޖޭގެ މަސްލަހަތާއި ގުޅޭ ގޮތަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ޚުތުބާގެ ކަންތަކުގައި ރާއްޖެއިން ޢަމަލުކުރަމުންދަނީ ދީނީ އެއްބައިވަންތަކަމާ ވެސް ގުޅޭ ގޮތަށް، ހަރުދަނާ ނިޒާމެއްގެ ތެރެއިންކަމަށެވެ.
ވަޒީރު ޝަހީމް ވިދާޅުވީ، ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން ޚުޠުބާގެ ނިޒާމު ދަމަހައްޓާފައިވަނީ ވަރަށް ރަނގަޅަށްކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި އެކަން އެގޮތަށް ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ.
ޑރ. އަޙްމަދަށް ވަރަށް އިޙްތިރާމް ކުރަން. ތިކަމާ ދެންނެވޭނީ ތިޔައީ ރަނގަޅު ވިސްނުމެއް ނޫންކަން. ރާއްޖޭގައި އެންމެހާ އިމާމުންނަކީ އަމިއްލައަށް ޚުތުބާ ދެވޭ ފެންވަރުގައި ތިބި ބައެއް ނޫން.
ވަރަށް މަދު ޢިލްމުވެރިޔަކަށް އަމިއްލައަށް ނުބަލާ ޚުޠުބާ ދިނުމުގެ ޤާބިލްކަން ހުންނަނީ. އެކަމަށް… https://t.co/NeLAklAWfv
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 2, 2026
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓަށް މިހާތަނަށް 600 އެއްހައި ހިޔާލު ލިބިފައިވާއިރު، އެކި ފަރާތްތަކުން ވަނީ ޚުޠުބާ ލިއުމަށް ފެންނަ މަޢުޟޫތައް ހިއްސާކޮށްފައެވެ. މީގެ ތެރޭގައި އިޖްތިމާޢީ އެކި މައްސަލަތަކާއި، ދިނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޢުޟޫތަކުގެ އިތުރުން ޒުވާނުންނަށް މިހާރު ދިމާވެފައިވާ އެކި މައްސަލަތަކާއި ގުޅޭ މަޢުޟޫތައް ހިމެނެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓަށް ހުށަހަޅާ މަޢުޟޫތަކުގެ ތެރެއިން އެންމެ ގިނަ ފަރާތްތަކަށް ކަމުދާ މަޢުޟޫޢު އިޙްތިޔާރު ކޮށްދިނުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.
އިސްލާމީ ކަންތައްތަކަބެހޭ ވުޒާރާއިން ރާއްޖޭގެ މިސްކިތްތަކުގައި ކިޔާ ޚުޠުބާ ތައްޔާރުކުރަނީ، އެއިރެއްގައި މުޖްތަމަޢު ތެރެއިން ފާހަގަކޮށްލެވޭ އިޖްތިމާޢީ ކަންކަމުގެ މައްޗަށެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްވެސް ޚުޠުބާތައް ލިޔެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
