
ޒަކާތުގެ ނިޒާމަކީ އިސްލާމީ ފިޤުހުގެ އަލީގައި މުޖުތަމަޢުން ފަޤީރުކަން ނައްތާލައި، ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ދައުލަތުން ހިންގާ ހަރުދަނާ ނިޒާމެކެވެ. ރާއްޖޭގައި ޒަމާނުއްސުރެ ޒަކާތް ނަގައި ބަހަމުން ދިޔަ ނަމަވެސް، މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ “ޒަކާތުގެ ޤާނޫނު” އަށް ޢަމަލުކުރަން ފަށާފައެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ޒަކާތުގެ ކަންކަމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ބޭނުންކުރަންޖެހޭ ގޮތްތައް ސާފުކޮށް ކަނޑައެޅުމެވެ. ޤާނޫނުގެ ދަށުން މުދަލު ޒަކާތް ބަހަންޖެހޭ އަށް ބަޔަކު ކަނޑައަޅާފައިވާއިރު، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށާއި، ޝަރުޢީ ހަމަތަކުގެ މަތިން އިންވެސްޓްކޮށް ފައިދާ ހޯދުމަށް “ޒަކާތު ފަންޑު” ވަނީ އުފައްދާފައެވެ. މީގެ އިތުރުން، މުދަލު ޒަކާތުގެ ގޮތުގައި ދައްކާ ފައިސާއަކީ އާމްދަނީން ޓެކްސް ދައްކާއިރު އުނިކުރެވޭނެ އެއްޗެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.
މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށާއި، ދޮގު މަޢުލޫމާތު ދީގެން ޒަކާތުގެ ފައިސާ ހޯދާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ކަނޑައަޅާފައިވެއެވެ. ފާއިތުވި ދެ އަހަރަކީ ރާއްޖޭގައި އެންމެ ގިނައިން ޒަކާތުގެ ފައިސާ ލިބުނު އަހަރުތަކަށް ވާއިރު، މި އައު ޤާނޫނާއެކު ރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އެހެން ޤައުމުތަކަށް ނަމޫނާއަކަށް ވެގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
