
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއާއި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޙަރަކާތްތެރިވާ އިންސާނީ އެހީ ފޯރުކޮށްދޭ އަދި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ 37 ޖަމްޢިއްޔާއަށް އެ ސަހަރުތަކުގައި ދެން ޙަރަކާތްތެރި ނުވެވޭނެ ކަމަށް ޔަހޫދީން ނިންމި ނިންމުން ތަންފީޒު ކުުރުމާ ގުޅިގެން ބައިނަލްއަޤްވާމީ ދުނިޔެއިން އެ ކަމާ މެދު ހިތްހަމަނުޖެހުމާއި ކޮންބޮޑުވުން ފާޅުކޮށްފިއެވެ. ފަލަސްޠީނުގައި ޙަރަކާތްތެރިވުން މަނާކޮށްފައިވާ ޖަމްޢިއްޔާތަކާއި އިދާރާތަކުގެ ތެރޭގައި ޑޮކްޓަރސް ވިތައުޓް ބޯޑަރސްއާއި ނޮވެއިޖަން ރެފިއުޖީ ކައުންސިލް ހިމެނެއެވެ. އެ ޖަމްޢިއްޔާތަކަކީ ބޭސް ފަރުވާ ފޯރުކޮށްދިނުމާއި ކާބޯތަކެތި ބެހުމާއި ފަލަސްޠީނުގެ ރައްޔިތުންނަށް ޤާނޫނީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާތަކެކެވެ.
އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ބުނީ ޔަހޫދީންގެ ޢަމަލަކީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އޭގެ ސަަބަބުން އެ ޖަމްޢިއްޔާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ނުރައްކަލަށް ހުށެހެޅޭ ކަމަށާއި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ހުރަސްއެޅޭނެ ކަމަށް އެ ޖަމްޢިއްޔާތަކުން ބުނެއެވެ. މިހާރު ވެސް ދަތި ނިކަމެތި ޙާލަތުގައި ދިރިއުޅެމުންދާ ޣައްޒާގެ އެތައް ހާސް ރައްޔިތުންގެ ޙާލަތު އިތުރަށް ގޯސްވާނެ ކަމަށް ވެސް އެ ޖަމްޢިއްޔާތަކުން ފާހަގަކޮށްފައިވެއެވެ. އަދި ބައެއްގެ ސިޔާސީ ފިކުރުގެ މައްޗަށް އެ ބަޔަކަށް އެހީ ލިބުމާއި ނުލިބުން ބަރޯސާ ކުރުމާއި، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ޖަމްޢިއްޔާތަކުގެ މުވައްޒަފުންގެ ޒާތީ މައުލޫމާތު ޙިއްޞާކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޖަމްޢިއްޔާތަކުން ބުނެއެވެ.
އދއާއި ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ވެސް ބުނީ ޔަހޫދީންގެ ނިންމުމަކީ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރަމުންދާ އުސޫލުަކަށް ފުށުއަރާ ނިންމުމެއް ކަމަށާއި، އެ ނިންމުމުގެ ސަބަބުން އެތައް ބައެއްގެ ޙާލަތު ގޯހުން ގޯހަށް ދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
