
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިނުން ބޭނުންވަނީ ރަޝިޔާއާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެންނަން ކަމަށާއި ނަމަވެސް ހުރިހާ ކަމަކަށް ދޫދީގެން ހަނގުރާމަ ދިގުދެމިގެންދާ ގޮތަށް “ބަލިކަށި” ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިނުކުރައްވާނެކަމަށް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. އައު އަހަރާ ދިމާކޮށް ޤައުމާ މުޚާތަބް ކުރައްވާ ޒެލެންސްކީ ދެއްވި ތަޤުރީރުގައި ވިދާޅުވީ، ގާތްގަނޑަކަށް ހަތަރު އަހަރުގެ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ރައްޔިތުން ވަރުބަލިވެފައިވާ ކަމަށާއި، ނަމަވެސް، ހުރިހާ ކަމަކަށް ދޫދޭން ތައްޔާރު ނޫން ކަމަށެވެ. ޒެލެންސްކީ ވިދާޅުވި ގޮތުގައި، ޔޫކްރެއިނުން ސޮއިކުރާނީ، ހަރުދަނާ އަދި މި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނުވޭފަދަ އެއްބަސްވުމެއްގައި ކަމަށާއި، އެ ކަން ކޮންމެ ބައްދަލުވުމެއްގައި، މަޝްވަރާއެއްގައި ވެސް ވަރަށް ސާފުކޮށް ބަޔާންކޮށްދެވިފައިވާނެއެވެ.
ޒެލެންސްކީ ވިދާޅުވީ އެމެރިކާ އިސްވެ އޮވެ ކުރިއަށް ގެންދިޔަ ދިގު މަޝްވަރާތަކުގެ ތެރޭގައި މިދިޔަ ހަފްތާ ބަންދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ފްލޮރިޑާގައި ކުރެއްވި މަޝްވަރާތަކުން ސުލްޙައިގެ އެއްބަސްވުމެއް ގާތްގަނޑަކަށް ތައްޔާރުވެފައިވާ ކަމަށެވެ. “ސުލްޙާއިގެ އެއްބަސްވުމެއް އޮތީ 90 އިންސައްތަ ތައްޔާރަށް، 10 އިންސައްތަ ބާކީ އޮތީ،” އޭނާ ވިދާޅުވި އެވެ. ޒެލެންސްކީ އެ އިޝާރާތް ކުރެއްވި 10 އިންސަތައިގެ ހިމެނެނީ، ޔޫކްރެއިންގެ ދޮންބާސް ސަރަޙައްދާ މެދު އުފެދިފައިވާ ޚިލާފެވެ.
ޔޫކްރެއިނުން މިހާރު ހުށަހަޅާފައިވާ އޮނިގަނޑުގައިވާ ގޮތުން، ހަނގުރާމަ ނިމުމަކަށް އަންނަ ދުވަހުން ފެށިގެން، މިހާރު ދެ ޤައުމުގެ އަސްކަރިއްޔާ ތިބި ސަރަޙައްދުތަކުގައި ދެމިތިބޭނެއެވެ. ނަމަވެސް، މުޅި ދޮންބާސް ސަރަޙައްދުން ޔޫކްރެއިން ސިފައިން ފޭބުމަކީ އެމެރިކާއިން މީގެކުރިން ވެސް ހުށަހަޅާފައިވާ ގޮތެވެ. އަދި އެއީ ރަޝިޔާއިން ވެސް ބޭނުންވާ ގޮތް ކަމަށް އެ ޤައުމުގެ ރައީސް ވްލަޑިމީރް ޕޫޓިން ވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
