
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނަށް ބޯކޮށް ވާރެ އާއި ސްނޯ ވެހުމުގެ ސަބަބުން، ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެގެން ހިނގި ޙާދިސާތަކުގައި މިހާތަނަށް 17 މީހުން މަރުވެ 11 މީހުން ޒަޚަމްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. އަފްޣާނިސްތާންގެ ހޭރަތު ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ކަބްކާންގައި ބޯކޮށްވާރޭވެހި، ގެއެއްގެ ފުރާޅު ވެއްޓި، އެ ގޭގައި ދިރިއުޅެމުންދިޔަ އާއިލާގެ ފަސް މީހުން މަރުވެފައިވާކަމަށް އެ ސަރަޙައްދުގެ ގަވަރުނަރުގެ ތަރުޖަމާނު މުޙައްމަދު ޔޫޞުފް ސަޢީދީ ވިދާޅުވިއެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އަފްޣާނިސްތާންގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ތަރުޖަމާނު މުޙާއްމަދު ޔޫޞުފް ޙައްމާދު ވިދާޅުވި ގޮތުގައި ހޯމަ ދުވަހުން ފެށިގެން ގިނަ ގެއްލުންތަކެއް ލިބިފައި ވަނީ ފެންބޮޑުވުމުގެ ސަބަބުން ކަމަށާއި މޫސުން ގޯސްވުމުގެ ސަބަބުން އަފްޣާނިސްތާންގެ މެދު އަދި އުތުރާއި ދެކުނު އަދި ހުޅަނގު ސަރަޙައްދުތަކުގެ ޢާންމު ދިރިއުޅުމަށް ވެސް ބުރޫއަރާފައިވާ ކަމަށެވެ.
ޙައްމާދު ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން އުމްރާނީ ވަޞީލަތްތަކަށް ގެއްލުން ލިބި، ދިރޭތަކެތި މަރުވެ، 1،800 އާއިލާއަށް އަސަރުކޮށްފައިވާ ކަމަށާއި މިހާރު ވެސް ވަރަށް ޙާލުގައި ތިބި މީހުންގެ ޙާލަތު އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެ އިދާރާއިން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ސަރަޙާއްދުތަކަށް ޓީމުތައް ފޮނުވާފައިވާ ކަމަށާއި، ޙާލުގައި ޖެހިފައިވާ މީހުންގެ އިތުރު ބޭނުންތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަވަށްޓެރި ޕާކިސްތާނާއި އިންޑިއާ ފަދައިން އަފްޣާނިސްތާނަކީ ވެސް މޫސުމީ ކާރިޘާތައް، ޚާއްޞަކޮށް ވިއްސާރައިގެ ސަބަބުން ކުރިމަތިވާ ފެންބޮޑުވުމުގެ ޙާދިސާތަކުގެ ނުރައްކާ ވަރަށް ބޮޑު ޤައުމެކެވެ.
ގިނަ އަހަރުތަކެއް ވަންދެން ކުރިމަތިވެފައިވާ ހަމަނުޖެހުންތަކާއި، އުމްރާނީ ވަޞީލަތްތައް މަދުވުމާއި، ގަސް ކެނޑުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ވަރުގަދަވުމުން، ޚާއްޞަކޮށް އާބާދީ ބޮޑު އަދި ރައްކާތެރިކަން ކުޑަ ދުރު ސަރަޙައްދުތަކުގައި މިފަދަ ކާރިޘާތަކުގެ އަސަރު ބޮޑުވެފައިވެއެވެ. މިދިޔަ އޮގަސްޓް މަހު އަފްޣާނިސްތާނާއި ޕާކިސްތާނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ރިކްޓަރ މިންގަނޑުގެ 6.0 ގެ ބާރުމިނުގެ ބިންހެލުމެއް އައިސް 1،400 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ބިންހެލުމުގެ އަސަރު ކުރި މީހުން ސަލާމަތް ކުރުމަށް ކުރި މަސައްކަތްތަކަށް ހުރަސް އެޅުނީ ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްއާ އިންވެގެން އޮންނަ އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގައި ފެންބޮޑުވުމުގެ ސަބަބުންނެވެ.
އދ.އާއި އެހެނިހެން އެހީދޭ އިދާރާތަކުން މި ހަފްތާގައި އިންޒާރު ދީފައިވަނީ އަފްޣާނިސްތާނަކީ 2026 ވަނަ އަހަރުވެސް ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިޘާ ކުރިމަތިވެފައިވާ ޤައުމުގެ ގޮތުގައި ބެލެވޭ ކަމަށެވެ. މިގޮތުން، އަފްޣާނިސްތާންގައި ހާލުގައި ޖެހިފައިވާ ގާތްގަނޑަކަށް 18 މިލިއަން މީހުންނަށް އެހީތެރިވުމަށް އދއިން އިސްވެ ވަނީ، 1.7 ބިލިއަން އެމެރިކާ ޑޮލަރު ހޯދަން ދުނިޔޭގެ އެކި ޤައުމުތަކުގެ އެހީތެރިކަމަށް އެދިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
