
ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފަރ ބާޒާރުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ސްކޮޑަށް ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ. ތާވަލުގެ 16 ވަނައިގައި އޮތް ލީޑްސް އާއި ދެކޮޅަށް އާދީއްތަ ދުވަހު ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމޮރިމް ބުނެފައިވަނީ ސްކޮޑަށް ބަދަލު ގެނައުމާއި ގުޅޭ ގޮތުން އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އަދި އެކަމާއި ގުޅޭ ގޮތުން މަޝްވަރާވެސް ކޮށްފައިނުވާނެ ކަމަށެވެ. “ސްކޮޑުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކު ދާން ބޭނުންވާ ކަމުގެ އެއްވެސް މައުލޫމާތެއް ނެތް އެހެންކަމުން އިތުރު ކުޅުންތެރިއަކު ހޯދުމުގެ ވިސްނުމެއްވެސް ނެތް. އަދި އެއްވެސް ކުޅުންތެރިއަކު ޓީމު ދޫކޮށް ދާން އެދިފައެއް ވެސް ނެތް.” އަމޮރިމް ބުންޏެވެ.
ޕްރިމިއާ ލީގުގެ ހަވަނައިގައި މިވަގުތު އޮތް ޔުނައިޓެޑް އިން ލީޑްސް އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ތާވަލުގެ ފަސްވަނަ މަގާމް ލިބިގެންދާނެ އެވެ. އަނިޔާގެ ސަބަބުން ޑިފެންޑަރ ހެރީ މެގުއާ އާއި މެތީސް ޑިލިޓް އަށް އަނިޔާވެފައިވާއިރު އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް ވެސް ވަނީ އަނިޔާގެ މަހެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިފަ އެވެ. އަމޮރިމް އިތުރަށް ބުނެފައިވަނީ ލީޑްސް އާއި ދެކޮޅަށް ކުޅޭއިރު މިއިން ކުޅުންތެރިއަކު އެއްކޮށް ފިޓްވާނެކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ނަމަވެސް މިއަދު ބާއްވާ ފަރިތަކުރުންތަކަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ.
މިދިޔަ ހަފްތާގައި ތާވަލުގެ ފުލުގައި އޮތް ވޮލްވްސް އާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު, އެކަޑެމީގެ ޒުވާން ކުޅުންތެރިންނަށް ކުރިއަށް ހުރި މެޗުތަކުގައި ފުރުސަތު ދޭނެ ކަމުގެ އިޝާރާތެއް އަމޮރިމް ވަނީ ދީފަ އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
