
ޗެލްސީގެ ކޯޗުކަން ދިނުން އެންމެ ގާތީ އިނގިރޭސި ޒުވާން ކޯޗު ލިއަމް ރޮޒީނިއާ އަށް ކަމަށް ބެލެވެން ފަށައިފި އެވެ. އުމުރުން އެންމެ 41 އަހަރުގެ ކޯޗަކީ ޗެލްސީގެ މިހާރުގެ މެނޭޖްމަންޓުން ހިންގާ ފްރާންސްގެ ކުލަބު ސްޓްރާސްބޯގެ ކޯޗެވެ. ޗެލްސީއާ ބެހޭ ގޮތުން އޭނާއާ ސުވާލު ކުރުމުން ބުނީ މިހާރު އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ. “އަހަރެންގެ މިހާރުގެ ކުލަބު ދެކެ ލޯބިވޭ. އެހެންވީމާ އަހަރެން މިތަނުގައި މިހުރީ. އެކަމަކު ފުޓްބޯޅައިގައި އެއްވެސް ކަމަކަށް ގެރެންޓީއެއް ނުދެވޭނެ. އަހަރެން ޖެހޭނީ މި ކުލަބާ ތިމަކާ ވާހަކަ ދައްކަން،” ރޮޒީނިއާ ބުންޏެވެ.
އޭނާ އަށް ޗެލްސީގެ ކޯޗުކަން ދޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މެނޭޖްމަންޓުގެ ގުޅުމުގެ ތެރެއިންނެވެ. އަދި އޭނާ އަކީ ޒުވާން ކޯޗަކަށް ވުމުން ޗެލްސީގެ މިހާރުގެ ޒުވާން ސްކޮޑާ އަވަހަށް ގުޅިގެން ކުރިއަށް ދެވޭނެ އެއް ކޯޗަކީ އޭނާ ކަމަށް ބެލެވޭތީ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޗެލްސީގެ ކޯޗުކަމަށް އަންނާނެ ތަޖުރިބާކާރަކު ނުވާނެ އެވެ. ސަބަބަކީ އެ ކުލަބުން ކިތަންމެ ފައިސާއެއް ދިން ނަމަވެސް އަވަސް އަވަހަށް ކޯޗުން ބަދަލު ކުރާތީ އެވެ. ޓީމުގެ ކޯޗުގެ މަގާމު ހުސްވީ ފާއިތުވެދިޔަ 18 މަސްދުވަހު އެ މަގާމުގައި ހުރީ އިޓަލީގެ ކޯޗު އެންޒޯ މަރެސްކާ ކޯޗުކަން ދޫކޮށްލުމުންނެވެ. އޭނާ ޓީމާ ވަކިވި މައިގަނޑު އެއް ސަބަބަކީ އޭނާގެ ވިސްނުމާ ދެކޮޅަށް މެނޭޖްމަންޓުން ނިންމުންތައް ނިންމުމެވެ. މީގެ އިތުރުން ޕެޕް ގާޑިއޯލާ އަށް ފަހު މެންޗެސްޓާ ސިޓީގެ ކޯޗުކަމަށް ގެންދާނެ ކޯޗަކީ އޭނާ ކަމަށް ބެލެވިފައި އޮތުމަކީ ވެސް މައްސަލައެއް ކަމަށްވެ އެވެ.
ޗެލްސީ އަށް މިދިޔަ ސީޒަނުގެ ކޮންފަރެންސް ލީގާއި ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން މަރެސްކާ އަކީ މިހާރުގެ މެނޭޖްމަންޓުގައި އެ ޓީމާ ވަލިވި ފަސް ވަނަ ކޯޗެވެ. މިހާ އަވަސް އަވަހަށް ޗެލްސީން ކޯޗުކަން ބަދަލު ކުރާތީގެ ތަޖުރިބާކާރު ކޯޗުން ވަނީ ފާޑުވެސް ކިޔައިފަ އެވެ. ޗެލްސީ އަށް ދެން އެންމެ އަވަހަށް އޮތީ މި ހަފުތާގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗުގައި ޓީމަށް ކޯޗުކޮށްދޭނީ އެ ކުލަބުގެ 21 އަހަރުން ދަށުގެ ކޯޗު މެކް ފާލޭން އެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
