
މެންޗެސްޓާ ސިޓީގެ ކޯޗުކަން އަންނަ ސީޒަނުގައި ކުރާނީ ޗެލްސީން ވަކިވި ކޯޗު އެންޒޯ މަރެސްކާ ކަމަށް ދެކެވޭ ވާހަކަތައް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދޮގުކޮށްފި އެވެ. މަރެސްކާ އަކީ ކުރިން ގާޑިއޯލާގެ އެސިސްޓެންޓަކަށް ސިޓީގައި މަސައްކަތް ކުރި ކޯޗެވެ. އޭނާ ޗެލްސީގެ ކޯޗުކަން ދޫކޮށްލީ ޒުވާން ޓީމަކާއެކު 18 މަސް ދުވަހުގެ ތެރޭގައި އެ ޓީމަށް ދެ ތަށި ހޯދައިދީފަ އެވެ. އެއީ ހުސްވި ސީޒަނުގެ ޔޫއޭފާ ކޮންފަރެންސް ލީގާއި ކުލަބު ވޯލްޑް ކަޕެވެ. މިއާއެކު އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކަ އަކީ ގާޑިއޯލާ މި ސީޒަނަށް ފަހު ސިޓީއާ ވަކިވާނެ ވާހަކަ އެވެ. އަދި އޭނާ އަށް ފަހު ކޯޗުކަމާ ހަވާލުވާނީ މަރެސްކާ ކަމަށެވެ.
ނަމަވެސް މިކަމާމެދު ނޫސްވެރިން ސުވާލު ކުރުމުން ގާޑިއޯލާ ވަނީ އެ ވާހަކަ ދޮގުކޮށް، މަރެސްކާ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. “އަހަރެންގެ ކޮންޓްރެކްޓް ދެމި އޮބައޮތް. އެހެންވީމާ އަހަރެން ހުއްޓައި އެހެން މީހަކު ކޯޗަކަށް ނާންނާނެ. އަހަރެން ނުބުނަން އަހަރެން މި ސީޒަނަށް ފަހު ވަކިވާ ވާހަކަ. އަހަރެން ބުނީ ކޮންމެވެސް ދުވަހަކުން އަހަރެން ވަކިވާނެއޭ. އަހަރެން މިތަނުގައި ހުންނަތާ މިހާރު 10 އަހަރުވެއްޖެ. އަހަރެން ދާ ދުވަހަށް ސިޓީ ތައްޔާތުވާށޭ އަހަރެން ބުނީ،” ގާޑިއޯލާ ބުންޏެވެ. ސިޓީގެ އެންމެ ކާމިޔާބު ކޯޗު އަދި ދުނިޔޭގެ އެންމެ މޮޅު ކޯޗުކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ގާޑިއޯލާ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތީ ދޮޅު އަހަރެވެ. ގިނަ ބަޔަކު ޝައްކު ކުރަނީ މިއީ އޭނަގެ ފަހު ސީޒަން ކަމަށެވެ. އެކަމާ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ގާޑިއޯލާ ވަނީ މަރެސްކާ އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.
“އަހަރެން ބުނާނީ ޗެލްސީ އަށް އެ ގެއްލުނީ ވަރަށް މޮޅު، ވަރަށް މޮޅު، ވަރަށް މޮޅު ކޯޗެކޭ. އޭނާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ޒުވާން ޓީމެއްގެ ގޮވައިގެން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައި. އެކަމަކު އެއީ ޗެލްސީގެ މެނޭޖްމަންޓްގެ ނިންމުމެއްވީމާ އަހަރެން އެނިންމުމަށް އިހްތިރާމް ކުރަން،” ގާޑިއޯލާ ބުންޏެވެ. އޭނާ ބުނީ މަރެސްކާ ހެދި ގޯހެއް ފެންނަން ނެތް ކަމަށެވެ. އަދި ޓީމުތަކުން ކޯޗުންނަށް ވަރަށް ބޮޑަށް އެހީތެރިވާން ޖެހޭ ކަމަށާއި ނަމަވެސް އެކަން ނުކުރާތަން ފެންނަނީ އިނގިރޭސި ލީގުން ކަމަށެވެ.
“އޭނާ ވަރަށް ރަނގަޅު ޕްރޮޖެކްޓެއް ކުރިއަށް ގެންދަނިކޮށް އެ ވަކިކުރީ. ކޯޗުންނަކީ ޖާދޫ ހަދާ ބައެއްނޫން. އަހަރެންނަކަށް ވެސް ޖާދޫ ނުހެދޭނެ. ކޯޗުން ކުރާ މަސައްކަތް ބަލައިގަންނަން ޖެހޭ. އަހަރެންގެ ކުލަބުން އެކަން ބަލައިގަންނާތީ އަހަރެން މިތަނުގައި ހުރީ. އަހަރެން އުފާކުރަން ސިޓީގެ މެނޭޖްމަންޓުން އަހަރެންގެ މަސައްކަތް ބަލައިގަނެ ސަޕޯޓް ކުރާތީވެ،” ގާޑިއޯލާ ބުންޏެވެ. ޗެލްސީގެ މެނޭޖްމަންޓާ ހިޔާލު ތަފާތުވެގެން މަރެސްކާ ކޯޗުކަން ދޫކޮށްލިއިރު ކޯޗަކަށް އޭނާ ގެނައުމަށް ސިޓީ އާއި އޭނާގެ އެޖެންޓް މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
