
މި ސީޒަނުގައި ބާސެލޯނާ ކާމިޔާބު ހޯދާ ކަމަށްވާނަމަ ޖެނުއަރީ ޓްރާންސްފާގައި ޑިފެންޑަރެއް ހޯދަން ޖެހޭ ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފި އެވެ. އޭނާ މިހެން ބުނީ މި ސީޒަން ފެށުމުގެ ކުރިން އިނިގޯ މާޓިނޭޒް ކުލަބު ދޫކޮށްލުމުން ފަހަތް ވަރަށް ބޮޑަށް އަޑިއަޅާލާފައިވާތީ އެވެ. ފްލިކް ބުނީ ބާސެލޯނާގެ ޓީމަށް ބަލައިފިނަމަ ޑިފެންޑަރަކު ހޯދަން ޖެހޭކަން އެންމެނަށް ވެސް އެނގޭނެ ކަމަށެވެ.
ޓީމުގެ ޑިފެންޑަރުންގެ ތެރެއިން ކެޕްޓަން ރޮނަލްޑް އަރައުހޯ ނަފްސާނީ މައްސަލައެއްގައި ޗުއްޓީއެއްގަ އެވެ. ޑެންމާކުގެ ޑިފެންޑަރު އަންދްރޭސް ކްރިސްޓިއަންސަނަށް ވަނީ ހަތަރު މަހު ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. މީގެ ސަބަބުން ޓީމުގެ ސެންޓަ ބެކުންގެ ތެރޭގައި ގަވާއިދުން ކުޅެން ހުރީ ޒުވާން ކުޅުންތެރިޔާ ޕައު ކުބަރްސީ އެކަންޏެވެ. އޭނާއެކު ބައެއް ފަހަރު އެރިކް ގާސިއާ ނުވަތަ ވާތު ބެކް ޖެރާޑް މާޓިން ލައްވައި ވެސް ކުޅުވަ އެވެ. ނަމަވެސް ފަހަތަށް ވަންނަ ބޯޅަ ގިނަވުމަކީ ކޯޗުގެ ކަންބޮޑުވުމެވެ. ބާސެލޯނާ ސްޕެނިޝް ލީގުގައި ކުޅުނު 18 މެޗުގައި ވަނީ 20 ގޯލު ވަދެފަ އެވެ.
“ރަނގަޅަށް ބެލީމަ އެންމެނަށް ވެސް ޔަގީންވާނެ ޑިފެންޑަރެއް ހޯދަން ޖެހޭކަން. އެކަމަކު ގަބޫލު ކުރަން ޖެހޭ ޖެނުއަރީ މަހަކީ ކުޅުންތެރިން ހޯދަން ފަސޭހަ މަހެއް ނޫންކަން. އަހަރުމެން ހުރިހާ ފުރުސަތަކަށް ވެސް ބަލާނަން،” ކޯޗު ބުންޏެވެ. ބާސެލޯނާއިން ހޯދަން މަސައްކަތް ކުރާ ޑިފެންޑަރުންގެ ތެރޭގައި އިޓަލީގެ އިންޓަމިލާނުގެ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އާއި ބޮރޫޝިޔާ ޑޯޓްމުންޑްގެ ޝްލޮޓަރބެކް ހިމެނެ އެވެ. މީގެ އިތުރުން ސައޫދީ އަރަބިއާގެ އަލް ހިލާލަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ޔާއޯ ކަންސެލޯ އާއި އިންޓަމިލާނުގެ ޑިވްރާޖް އަދި މެންޗެސްޓާ ސިޓީގެ ނަތަން އާކް ލޯނު އުސޫލުން ގެނައުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
