
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަކީ، އަބަދުވެސް ދައްކާ ވާހަކައެކެވެ. ފެހި ޤާނޫނު އަސާސީ ތަޢާރަފްވުމަށްފަހު އައި އެކި ސަރުކާރުތަކުން މިކަަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް ނުފެންނަ މަންޒަރަކީ، ވިޔަފާރިތަކާއި ބައްދަލުކޮށް ކަންބޮޑުވުންތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ. ނިމިގެން މިދިޔަ އަަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައިރު، އެނގުނު އެއް ކަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ތަރައްޤީ ކުރުމަށް ނިޒާމީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެވެ. ސަރުކާރުތަކުގެ ސިޔާސަތަށް ބަދަލުތަކެއް ގެނެސްގެން ހައްލު ގެނެސްދެވޭނެ މައްސަލަތައް ހުރި ކަމެވެ.
ހެދިފައިވާ ޤަވާއިދުތަކާއި، އުސޫލުތަކާއި، ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު ނޭޅޭކަމުގެ ކަންބޮޑުވުން މިބައްދަލުވުމުގައި ވިޔަފާރިތަކުން ފާޅުކުރިއެވެ. ހައްލު ގެނައުމަށް ކުރި މަސައްކަތުންވެސް ވިޔަފާރިތަކަށް އަލިމަގެއް ނުފެނިވާކަން އެފަރާތްތަކުން ހާމަކުރިއެވެ. ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބައްދަލުކުރައްވާ، އެމަނިކުފާނު ދެއްވި ޔަޤީން ކަމަކީ އެފަރާތްތަކުން ހުށަހަޅުއްވާ އެއްވެސް ޚިޔާލެއް ބޭކާރު ނުވާނެ ކަމެވެ.
ތެދެކެވެ. ކަންވެގެން ދިޔައީވެސް އެގޮތަށެވެ. ސީދާ އެތަނުގައި ހުންނަވާ މަޝްވަރާ ކުރައްވާ ބައެއް ބަދަލުތައް ގެނައުމަށް ނިންމެވިއެވެ. އެއް ބަދަލަކީ، ރާއްޖެ އެތެރެ ކުރާ މުދަލަށް ޑެމަރޭޖް ނާރާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލު ކުރުމެވެ. ދެން ނިންމެވީ، ކަސްޓަމްސް ޚިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމަށެވެ. އެމަނިކުފާނު ދެއްވި ޔަޤީން ކަމަކީ، މުދާ ކުލިއަރ ކުރުމުގައި ހުރި ދަތިތައް ހައްލު ކޮށްދެއްވާނެ ކަމެވެ. އަދި އެހެނިހެން މައްސަލަތަކުގައި ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރައްވާ، އެކަންކަމަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު 17 ޑިސެންބަރު 2025 ގައި ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިޔަށް…
— Dr Mohamed Muizzu (@MMuizzu) December 28, 2025
މި ބައްދަލުވުން ބޭއްވިތާ ހަފްތާއެއް ފަހުން، ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމަށް އެޖެންޑާ ކުރެއްވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ މައްސަލައެވެ. ކެބިނެޓުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ސަރުކާރުން ކުރެވޭނެ ކަންކަން ނިންމެވިއެވެ. މި ނިންމުންތަކުގެ ތަފްސީލް އެކި އިދާރާތަކުން ހާމަކުރައްވާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ 2 އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ހަފްތާއެއް ނުވެ، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ހޯއްދަވައި ދެއްވުމުގެ މަސައްކަތް އެމަނިކުފާނު ފެއްޓެވިއެވެ. އެ ބައްދަލުވުމުގައި ޔަޤީންކަން ދެއްވި ފަދައިން ކަސްޓަމްސްއިން ޚިދުމަތް ދޭ ގޮތަށް ހަރަުދަނާ ބަދަލުތަކެއް ގެންނެވިއެވެ. މިބަދަލާއިއެކު މި ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ، ތިން ކަމެއް ތަންފީޒު ކުރަން ފަށާފައެވެ. އެކަންކަމުގެ ތެރޭގައި ހިމެނެނީ
* ފަރުދުން ގެންނަ މުދަލަށް އަމިއްލައަށް ޑިކްލެރޭޝަން ހުށަހެޅޭނެ ގޮތް ހެދުން
* މުދަލެއްގެ ކަސްޓަމްސް އަގު އުސޫލުގެ ތެރެއިން ކަނޑައަޅާ އަގަށްވުރެ ބޮޑު އަގެއް ނުނެގޭނެހެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން
* މަޝްރޫޢުތަކަށް ޑިއުޓީ މަޢާފު ކޮށްގެން އެތެރެ ކުރާ އުޅަނދު ނުޤަވާއިދުން ބޭނުންކުރުން މޮނިޓަރކޮށް ފިޔަވަޅު އަޅަން ފެށުން
މިކަންކަމުގެ އިތުރުން ބަނދަރުތަކުގައި މުދާ ކުލިއަރ ކުރުމުގައި ބޭނުން ކުރާ އުޅަނދުތައް ބޭނުން ކުރާ ގޮތް ގާތުން ބަލާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ހެޔޮ އަގުގައި މުދާ ރައްކާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިޤްތިޞާދީ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދެއްވައިގެން، ރާއްޖޭގެ 3 ސަރަހައްދެއްގައި ސްޓޯރޭޖް ފެސިލިޓީތަކެއް ޤާއިމްކުރަން ވަނީ ނިންމާފައެވެ.
މީގެ ކުރިން ދިވެހިން ބޭއްތިއްބުމަށް ކުއްޔަށް ކޮޓަރި ދޫކުރާ ވިޔަފާރިތައް ފަތުރުވެރިންނަށް ޚިދުމަތް ނުދީ، ޓީޖީއެސްޓީ ދައްކަން ޖެހޭ މައްސަލަ ހައްލު ކުރުމަށް އެފަދަ ވިޔަފާރިތައް އިޤްތިޞާދީ ވުޒާރާގައި ވަކިން ރަޖިސްޓްރީ ކުރަން ވަނީ ފަށާފައެވެ. މީގެ އިތުރުންވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުނީގެ ޚިދުމަތް ހޯދުމަށް ބޮޑު އަގެއް ދައްކަން ޖެހޭ މައްސަލަ ހައްލު ކުރުމަށް، ވިޔަފާރިތަކަށް ބޭންޑްތަކެއް ކަނޑައަޅަން ވަނީ ނިންމާފައެވެ. މިއީ، ފެބްރުއަރީ މަހު ތަންފީޒުވާނެ ކަމެކެވެ.
ސަރުކާރުން ވަނީ، މިއަހަރު މި ވިޔަފާރިތައް ކުރިއެރުމަށް 500 މިލިޔަން ރުފިޔާގެ ލޯނު ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދެ އަހަރު ތެރޭ ނިޒާމީ ގޮތެއްގައި މިހާރު ހުރި މައްސަލަތަކަށް އެދެވޭ ހައްލެއް ގެނެސް، ރާއްޖޭގެ އިޤްތިޞާދުގައި މި ވިޔަފާރިތައް އަދާކުރާ ދައުރު ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
