
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މާލެ ސަރަޙައްދުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެ ކަަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެެވެ. އެ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިމިވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަކީ، ރާއްޖޭގެ ތާރީޚުގައިވެސް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ހައުސިން މަޝްރޫޢުތައް ކުރިއަށްގެންދާ ފަހަރެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަހަކަ ދައްކަވަމުން އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔުމަށް އިޢުލާންކޮށްފައިވާ 7900 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. މިސަރުކާރުން މާލެ ސަރަޙައްދުގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓް ދޫކުރުމަށް ނިންމާފައިވާއިރު، މިއީ މާލެ ސަރަޙައްދުގައިވެސް އެއްފަހަރާ ހިންގާ އެންމެ ބޮޑު މަޝްރޫޢުކަން ނާޒިމް ފާހަގަކުރެއްވިއެވެ.
“މިއީ މާލެ ސަރަޙައްދުގައި އެއްފަަހަރާ ހިންގާ އެންމެ ބޮޑު މަޝްރޫޢުކަން. ބިން ދޫކުރުމުގެ މަޝްރޫޢުއަކީވެސް އެންމެ ބޮޑު މަޝްރޫޢު. ފްލެޓުގެ އިތުރުން 15000 ގޯތި ދޫކުރުމަށްވެސް ނިންމާފައިވޭ.” އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމްގެ އުޞޫލުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު ގޯއްޗަށާއި ފުލެޓަށް އެދުމުގެ ފުރުޞަތު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އަދި މި ފުރުޞަތު އޭޕްރީލް މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހުޅުވާލުމަށް ނިންމާފައިވެއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމާ ގުޅޭ އުސޫލުގައިވާ ގޮތުން މާލެ ސަރަހައްދުން ދެ ކެޓަގަރީއަކުން ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލްއާއި، ރެންޓް-ޓު-އޯން މޮޑެލްއެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމަށް އެދެވޭނީ 18 އަހަރުވެ، މާލޭގެ ރަށްވެއްސެއްނަމަ ރަށްވެއްސަކަށްވިތާ 14 ޖެނުއަރީ 2026އާ ހަމައަށް މަދުވެގެން 1 އަހަރުވެފައިވާ މީހުންނަށެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއްނަމަ 14 ޖެނުއަރީ 2026 އާ ހަމައަށް މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ މަދުވެގެން 15 އަހަރުވެފައިވާ މީހުންނަށެވެ.
ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކުންވެސް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެމީހެއްގެ ނުވަތަ އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ އެއްމެދު ގޯއްޗަކުން ބައެއް އޮވެގެން ނުވާނެ ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. މި އުސޫލުގައި ބޯހިޔާވަހިކަން ދޫކުރުމުގައި އިސްކަންދޭނެ ފަރާތްތައްވެސް ކަނޑައަޅާފައިވެއެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި، ބަފައިންނަށް ހިމެނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރަށްރަށުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 6780 އެއްހާ ހައުސިންގ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މީގެއިތުރުން އެ ވުޒާރާއިން އަންނަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކޮށް ނިމިފައިވާ ހައުސިންގ ޔުނިޓްތައް ހަވާލު ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އޭގެތެރޭގައި ހދ. ނޮޅިވަރަންފަރާއި، ތ. ތިމަރަފުށްޓާއި، މ. ކޮޅުފުށީގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިހައުސިންގ ޔުނިޓްތައް ތަރައްޤީކޮށް ނިމުނުތާ ގިނަ ދުވަސްތަކެއްވެފައިވާތީ، މިތަންތަން މަރާމާތު ކުރަން ޖެހިފައިވުމުން އެކަން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ގދ. ތިނަދޫގައި ތަރައްޤީކޮށްފައިވާ 200 ހައުސިންގ ޔުނިޓު ހަވާލު ކުރުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. އަދި މިމަހުގެ ތެރޭގައި ބ.ތުޅާދޫއާއި ތ.ވިލުފުށީގައި ތަރައްޤީކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށްވެސް ވަނީ ނިންމާފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މި ދައުރުގެ ތެރޭގައި ސަރުކާރުން ހަވާލުކޮށްފައިވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ނިންމާލެވޭނެއެވެ. މިއާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ބަޑު ތަނުން ޙައްލެއް ލިބޭނެކަންވެސް އެވުޒާރާއިން ފާހަގަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
