
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
އަހަރުގެ އެންމެ ފުރަތަމަ ފަތުރުވެރިޔާއަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ހޫނު މަރުޙަބާއެއް ކިޔަފިއެވެ. އެމްއޭސީއެލްއިން ވަނީ، އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަކލް 1 އިން ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ އެންމެ ފުރަތަމަ ފަތުރުވެރިޔާއަކީ، ޖަރުމަންވިލާތުގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރިއާސް ހެލްވެގާރއެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ، އިއްތިހާދު އެއަރވޭސްގެ ފްލައިޓަކުންނެވެ. މިއީ، އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރު ކަމަށް އޭނާ ވަނީ ބުނެފައެވެ.
A new year, a new beginning. We welcome our first tourist of 2026, Thomas Andreas HellWeger, to the Sunny Side of Life as another year of remarkable Maldivian experiences begins.#VisitMaldives #SunnySideOfLife #WorldsLeadingDestination2025 pic.twitter.com/EjLlnyk51A
— Maldives Airports Company Ltd (@MACLmedia) January 1, 2026
އަހަރު ނިމި އައު އަހަރެއް ފެށޭ ދުވަސް ވަރަކީ، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ދުވަސްވަރެވެ. މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ދޭ ޚިދުމަތާއި ތަޖުރިބާ އެންމެ ފުރިހަމައަށް ދިނުމަށް، އެމްއޭސީއެލްއިން ވަނީ ހުރިހާ އެއަރލައިނެއް ވެލާނާ އެއަރޕޯޓުގެ އައު ޓަރމިނަލަށް ބަދަލުކޮށްފައެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، މިހާރު އައު ޓަރމިނަލް ނުވަތަ ޓަރމިނަލް 1 އިން 41 އެއަރލައިނަށް ޚިދުމަތް ދެމުންދާ ކަމަށެވެ. އަދި ހުރިހާ އެއަރލައިނެއް އައު ޓަރމިނަލަށް ބަދަލުވިއިރު، ހަމައެކަނި ޓަރމިނަލް 1 އިން މިހާތަނަށް 600،000 އަށްވުރެ ގިނަ ފަތުރުވެރިންނަށް ޚިދުމަތް ދީފައިވާ ކަމަށެވެ. އެމްއޭސީއެލްއިން ދަނީ، ޓަރމިނަލް 1 އިން ދޭ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތުގެ ދަށުން މިހާރު އައު ޓަރމިނަލުގެ ޑިއުޓީ ފްރީގެ ޚިދުމަތް ފެށުމަށް ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ސީޕްލޭން ކައުންޓަރތަކުގެ ޚިދުމަތްވެސް މި ޓަރމިނަލަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން ބާރު ދުވެއްޔެއްގައި ކުރިއަށްދާއިރު، މިދިޔަ 2025ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް 2,240،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ، 2024 ވަނަ އަހަރާއި އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.
ފަތުވެރިކަމާއި ބެހޭ ވަޒީރު ވަނީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުކަން ފާހަގަކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ، ފަތުރުވެރިކަމުން ރާއްޖެއަށް ވަންނަ އާމްދަނީ 6 ބިލިޔަން ޑޮލަރަށް އިތުރު ކުރުމެވެ. ސަރުކާރުގެ މަސައްކަތްތަކުން 2025 ވަނަ އަހަރުގެ ނިޔަލަށް މިއަދަދު 5.45 ބިލިޔަން ޑޮލަރަށްވުރެ އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
